ކޮންޜެއިނާ ޕާކް ސަރަހައްދުގައި ހުންނަ ހިޔަލަ މާކެޓުގެ ކިއޯސްކުތައް... ފޮޓޯ: ދިރާގު
ވިޔަފާރި
18 Mar 2025 | 21:46
ހިޔަލަމާކެޓްގެ ކިއޯސްކުތައް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަނީ!

 ހުޅުމާލޭ ކޮންޓެއިނާ ޕާކު ސަރަހައްދުގައި ހުންނަ "ހިޔަލަމާކެޓް ކިއޯސްކު" ތައް އަހަރުދުވަހަށް ކުއްޔަށް ދޫކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީން) ބުނީ، "ހިޔަލަ ވީކެންޑް މާކެޓު"ގެ ނަމުގައި ޤާއިމުކޮށްފައިވާ އެ ސަރަހައްދަށް ލިބެމުންދާ ތަރުޙީބަށް ބަލައި، އެ ސަރަހައްދުގެ ނަން "ހިޔަލަ މާކެޓް"އަށް ބަދަލުކޮށް، ވިޔަފާރީގެ ބޭނުމަށް ކޮންމެ ދުވަހަކުވެސް އެތަން ހުޅުވުމަށް ނިންމާފައިވާކަމަށެވެ. ބީސީސީން މިގޮތަށް ނިންމާފައިވަނީ، އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ އިސްނެގުމާއެކުގައެވެ.

ބީސީސީން ބުނީ، ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން، ހުޅުމާލޭ ކޮންޓެއިނާ ޕާކް ސަރަހައްދުގައި ބެހެއްޓިފައިވާ ކިއޮސްކްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. މި ގެނެވުނު ބަދަލާއެކު، ކިއޮސްކުތައް މެދުވެރިކޮށް ދިވެހި އަންހެން ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ އިތުރު ފުރުސަތުތައް ފަހިވެ، ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ބީސީސީން ބުނެއެވެ.

"ހިޔަލަ މާކެޓު"ގެ ކިއޮސްކުތަށް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރިލްމަހުގެ 8 ވަނަ ދުވަހުގެ 16:00ގެ ކުރިން ފޯމް ފުރުމަށްފަހު ހުށަހެޅުމަށް ބީސީސީން ވަނީ އެދިފައެވެ.

ކޮންޓެއިނާ ޕާކްގައި މިދިޔަ އަހަރުގެ ތެރޭގައި ހިޔަލަމާކެޓް ކުރިއަށްގެންގޮސްފައިވާއިރު، ކުދި ވިޔަފާރިތަކުގެ ވަރަށްބޮޑު ޝައުގުވެރިކަމެއް ލިބިގެންގޮސްފައިވާކަމަށް ބީސީސީން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.