ވަޒީރު އަލީ އިހްސާން: ފޮޓޯ/ ދާޚިލީ ވުޒާރާ
ހަބަރު
19 Mar 2025 | 10:40
ސަރުކާރުގެ އަމާޒަކީ ކުޑަކުދިން ކުށްތަކަށް އަރައިގަންނަ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން: އިހްސާން

ކުދިންގެ ތެރެއިން ކުށައް އަރައިގަންނަ ނުވަތަ ކުށުގެ މާހައުލަށް ވަދެދާނެކަމުގެ ރިސްކު އޮތް ކުދިންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ވެބްސައިޓް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، އެ ވުޒާރާއިން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ މުޅި އިޖްތިމާއީ ގިއުގަނޑު ބަދަލުކޮށްލުމުގެ މަސައްކަތް ކަމަށެވެ.

އަދި އެ މަސައްކަތް ކާމިޔާބު ވާނީ، ކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ކަމަށް އިހްސާން ވިދާޅުވުއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރާއްޖޭގެ މުޅި އިޖްތިމާއީ ގިއުގަނޑު އެއްކޮށް ބަދަލުކޮށްލުމަށްޓަކައި މީގެ އާހިރު ނަތީޖާ ހޯދުމަށްޓަކައި ކުރާ މަސައްކަތެއް. މި މަސައްކަތް ކާމިޔާބު މަސައްކަތެއްކަމަށް ވާ ހިސާބަކީ އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ތެރެއިން ކުށައް އަރައިގަންނަ ނުވަތަ ކުށުގެ މާހައުލަށް ވަދެދާނެކަމުގެ ރިސްކު އޮތް ކުދިންނަށް ދާއިމީ ހައްލެއް ހޯދައިދެވޭނެ ދުވަސް. އެދުވަހަކީ އަޅުގަނޑުމެން ބޭނުން އަދުގެ ސަރުކާރުގެ މި ޒައާމަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެންނާނެ ދުވަހެއްކަމަށްވުން. އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާނީ މި ޑިޕާޓްމަންޓުން". ވަޒީރު ވިދާޅުވިއެވެ.

އިއްޔެ ލޯންޗުކުރެވުނު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ވެބްސައިޓް  މެދުވެރިކޮށް ޖުވެނައިލް ޖަސްޓިސްއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލުމުގެ ފުރުސަތު ފަހިވެފައެވެ.

އެގޮތުން އާންމު މައުލޫމާތުތަކާއި، އަދުލުގެ ޤާނޫނުގެ ދަށުން ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކާއި، ޖުވެނައިލް ޖަސްޓިސްގެ މެންޑޭޓްތަކާއި، ގާނޫނުތަކާއި ގަވައިދުތަކާއި، މީޑިއާ ރިޕޯޓްތަކާއި، ތަފާސްހިސާބުތައް އެ ވެބްސައިޓުން ބަލާލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.