ނޮވެންބަރު ތިނެއްގެ ރަސްމީ ރަސްމީ ޖަލްސާގައި އެ ދުވަހުގެ ބަތަލު މޫސާ އަލީ ޖަލީލަށް ޝަރަފު އަރުވަނީ
19 Mar 2025 | 15:10
ނޮވެންބަރު ތިނެއްގެ ޝަހީދުންގެ އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ދެނީ

ނޮވެންބަރު ތިނެއްގެ އުދުވާން ގައި ޝަހީދުވި މީހުންގެ އާއިލާތަކަށް އިނާޔަތް ދެއްވަން ފައްޓަވައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ޝަހީދުވި ސިފައިންގެ އާއިލާތަކާއި، އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އާއިލާގެ ކޮންމެ މީހަކަށް މަހަކު 9،000 ރުފިޔާގެ އިނާޔަތެއް ދޭން ވަނީ ނިންމާފަ އެވެ.

މިއަދު ގެޒެޓްކުރި ގަވާއިދުގައި ބުނަނީ ޝަހީދުންގެ އާއިލާތަކަށް ބަލާނީ އެ މީހުންގެ މަންމައާ ބައްޕައާ ދަރީންނާއި ހުވަފެން އަނބީންނަށް ކަމަށެވެ. އެ ގޮތުން ޝަހީދުވި ސިފައިންގެ އާއިލާތަކާއި އާދަޔާ ޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދީފައިވާ ފަރާތްތަަކަށް އިނާޔަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން ޝަހީދުވި ސިފައިންގެ އާއިލާތަކާއި އެ މީހުން ދުނިޔޭގައި ހުރިހާ ދުވަހަކު މަހުން މަހަށް އިނާޔަތެއްގެ ގޮތުގައި 9,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އަމިއްލަ ހަށިގަނޑާއި ފުރާނައަށް ބެލުމެއް ނެތި ދައްކުވައިދީފައިވާ ޖެހިލުންކުޑަ އަދި ހިތްވަރުގަދަ އަމަލު ފާހަގަކޮށް ރަން މެޑަލް ދީފައިވާ ފަރާތްތަކަށް އެ މީހުން ދުނިޔޭގައި ހުރިހާ ދުވަހަކު މަހުން މަހަށް އިނާޔަތެއްގެ ގޮތުގައި 9,000 ރުފިޔާ އާއި ހިރި މެޑަލް ދީފައިވާ ފަރާތްތަކަށް އެ މީހުން ދުނިޔޭގައި ހުރިހާ ދުވަހަކު މަހުން މަހަށް އިނާޔަތެއްގެ ގޮތުގައި 8,000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

އަދި ހިތްވަރުގަދަ ކުލަ ދީފައިވާ ފަރާތްތަކަށް މަހަކު 6,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ގަވާއިދު ގެޒެޓް ކުރި ދުވަހުން ފެށިގެން އާއިލާތަކަށް އިނާޔަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ނޮވެންބަރު ތިނެއްގެ އުދުވާނީ ޙަމަލާގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް އާދަޔާ ޚިލާފު ހިތްވަރު ދައްކުވައިދިން ޤައުމީ ބަތަލުން އެކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު ދިރުވާއާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ނޮވެމްބަރު 3 ގެ ޝަހީދުވި އާއިލާތަކަށް އެލަވަންސެއްދީ، ބޯހިޔާވަހިކަންދޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މިދިޔަ އަހަރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަހީދުވި އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 50 ހައުސިން ޔުނިޓްގެ، ހައުސިން އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް އެ ފރޭ ވިދާޅުވީ 1979 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެކިފަހަރުމަތިން ވޭތުވެދިޔަ 40 އަހަރުދުވަހުގެ ތެރޭގައި 29 ސިފައިންނާއި ދެ ފުލުހުން ޝަހީދުވެފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.