އެމެރިކާގެ ރައީސް ޓްރަމްޕް..
ހަބަރު
19 Mar 2025 | 23:29
ޓްރަމްޕްގެ ފަހުގެ އިންޒާރު އީރާނަށް. ހޫޘީންނަށް މަދަދުވެރިވުން މިހާރުން މިހާރަށް ހުއްޓާލާ!

އީރާނުން ހޫޘީންނަށް ދެމުންގެންދާ އެހީތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމަށްބުނެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އީރާނަށް ފަހުގެ އިންޒާރު ދީފިއެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓް ޓްރަސްޓްގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، އީރާނުން ހޫޘީންނަށް ދެމުންގެންދާ މިލިޓަރީ އެހީތައް ވީހާވެސް އަވަހަކަށް ހުއްޓާލަންޖެހޭކަމަށެވެ. ޓްރަމް ބުނީ އީރާނުން  ހޫޘީންނަށް މިސެއިލް ފޯރުކޮށްދިނުން ހުއްޓާލައި އެމީހުން އަމިއްލައަށް އެކަންކަންކުރަން ދޫކޮށްލަން ޖެހޭކަމަށާއި، މިފަހަރު ހޫޘީންނަށް ބަލިވުން ފިޔަވައި އެހެންގޮތެއް ނެތްކަމަށެވެ.

ހޫޘީންގެ މައްސަލާގައި މީގެ ކުރިންވެސް ޓްރަމްޕް ވަނީ އީރާނަށް އިންޒާރެއް ދެއްވާފައެވެ. މިގޮތުން ރަތްކަނޑުގައި ހޫޘީން ބޯޓުތަކަށްދޭ ހަމަލާތަކުގެ ޒިންމާ އީރާނުންވެސް ނަގަންޖެހޭނޭކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ހޫޘީންނަށް ދެމުންދާ ހަމަލާތަކުގައި އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިވާއިރު، މި ހަމަލާތައް ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި ދޭން ފަށާނޭކަމަށް މެދުއިރުމަތީގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ހޫޘީންގެ މައްސަލާގައި އެމެރިކާއިން އީރާނަށް އިންޒާރު ދިންނަމަވެސް އީރާނުން ވަނީ، އެޤައުމުގެ ހާރިޖީ ސިޔާސަތު ކަނޑައަޅާނީ އެމެރިކާއިން ނޫންކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ