މުމްބާއީ އިންޑިއަންސް
ވިޔަފާރި
20 Mar 2025 | 12:51
އަމްބާނީގެ ކްރިކެޓް ޓީމް، މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ!

އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކްރިކެޓް ޓީމް، މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.

މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް މުމްބާއީ އިންޑިއަންސް ހަމަޖެއްސިކަން މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަނުން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ. އެމްއެމްޕީއާރުސީން ބުނީ، މުމްބާއީ އިންޑިއަންސް ފަދަ ބޮޑު އަދި މަޝްހޫރު ކްރިކެޓް ޓީމެއްގެ ޑެސްޓިނެޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިގެން ދިއުމަކީ އެ ކޯޕަރޭޝަނުން ފަހުރުވެރިވާ ކަމެއްކަމަށެވެ.

މުމްބާއީ އިންޑިއަންސް އާއެކު ވެވުނު ޕާޓްނަރޝިޕްގެ ދަށުން، އެންމެބޮޑު އެއް ސޯސްމާކެޓެއްގެ ގޮތުގައި ފާހަގަކުރެވެމުންއައި، އަވައްޓެރި އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަގުފަހިވެގެންދާނޭކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. ކްރިކެޓަކީ ދުނިޔޭގެ ގިނަބަޔަކު ބަލާ ކުޅިވަރެއްކަމުން، މުމްބާއީ އިންޑިއަންސް އާއެކު ވެވުނު މި އެއްބަސްވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ގެނަުއމަށް ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާނެ ކުރިއެރުމަކަށްވާނޭކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީގެ އަމާޒަކީ ހިނގަމުންދާ 2025 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 200،000 ފަތުރުވެރިން ގެނައުމެވެ. މުމްބާއީ އިންޑިއަންސްއާއެކު ކުރަން ނިންމި މަސައްކަތްތަކުގެ ދަށުން އެމްއެމްޕީއާރުސީގެ މި އަމާޒަށް ވާސިލްވެވޭނޭކަމަށް އެ ކޯޕަރޭޝަނުން ދެކެވެއެވެ. މި އެއްބަސްވުމުގެ ދަށުން މުމްބާއީ އިންޑިއަންސްއާ ގުޅިގެން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުޅިވަރުދަނޑުތަކުގެ އިތުރުންވެސް އެހެނިހެން ގޮތްގޮތުން މަސައްކަތް ކުރެވިގެންދާނޭކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މުމްބާއީ އިންޑިއަންސް އާ އެކު ވެވުނު މި އެއްބަސްވުމުގެ ސަބަބުން މާކެޓްކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް އިތުރު ކުރިއެރުންތައް ލިބިގެންދާނެ. އަދި އެޓީމާ ގުޅިގެން އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއާމެދު އޮންނަ ޝައުގުވެރިކަން އިތުރުކުރެވިެގންދާނެ" އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.

އެއްބަސްވުމާ ގުޅޭގޮތުން މުމްބާއީ އިންޑިއަންސްގެ ތަރުޖަމާން ވިދާޅުވެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކްލަބްގެ ފޭނުންނަށް މަންޒިލެއްގެ ގޮތުގައި ރާއްޖެ ދައްކާލެވިގެންދާނޭކަމަށެވެ.

މުމްބާއީ އިންޑިއަންސްއަކީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ކްރިކެޓް ޓީމެވެ. އެޓީމްވަނީ އިންޑިއަން ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން 5 ފަހަރު ހޯދާފައެވެ. މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އިތުރުން އޭޝިއާގެ އެންމެބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ޓީމެކެވެ. 

މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ރާއްޖެ ހަމަޖައްސާފައިވާއިރު، އެމްއެމްޕީއާރުސީން ވަނީ އިނގިރޭސި ޕްރިމިއާލީގްގެ ކްލަބް، ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައިވެސް ރާއްޖެ ހަމަޖައްސާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.