މޯލްޑިވިއަންގެ ބޯޓު... ފޮޓޯ: މޯލްޑިވިއަން
ވިޔަފާރި
22 Mar 2025 | 13:37
މޯލްޑިވިއަން އޭ320 ގެ އުދުހުންތައް އައްޑޫސިޓީއަށް ފަށަނީ!

ޤައުމީ އެއާލައިން މޯލްޑިވިއަނުން އޭ 320 ގެ އުދުހުންތައް އައްޑޫސިޓީ ގަމަށް ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން ބުނީ، އަންނަ އޭޕްރިލްމަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 2 ދުވަހު އައްޑޫސިޓީ ގަމަށް ދަތުރުތައް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. ދަތުރުތައް ބޭއްވުމަށް ނިންމާފައިވަނީ، ކޮންމެ ހަފްތާއެއްގެ ބްރާސްފަތި އަދި ހޮނިހިރު ދުވަހެވެ. 

މޯލްޑިވިއަނުން މިހާރު އައްޑޫސިޓީއަށް ކޮންމެ ދުވަހަކުވެސް އައްޑޫސިޓީ ގަމަށް ދަތުރުތައް ބާއްވަމުން އަންނައިރު، މި ދަތުރުތަކުގައި ބޭނުންކުރަނީ، ކުދިބޯޓުތަކެވެ. މޯލްޑިވިއަނުން ވަނީ، މީގެކުރިންވެސް އޭ320 ބޯޓުގައި އައްޑޫސިޓީގެ ގަމަށް އުދުހުންތައް ބާއްވާފައެވެ.

މޯލްޑިވިއަންގެ އޭ320 މަރުކާގެ ބޯޓަކީ 138 މީހުންގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަނުން ވަނީ އެ އެއާލައިންގެ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ވަރަށްފަހުން އެއާބަސް މަރުކާގެ އޭ-330 ވައިޑްބޮޑީ އެއާ ކްރާފްޓެއް މިއަހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު ގެނެސްފައެވެ. މި ބޯޓުގެ ދަތުރުތައް މިހާރު ޗައިނާގެ ޗެންޑޫސިޓީއަށް ފަށާފައިވައިރު، ކައިރި މުސްތަގްބަލެއްގައި ޗައިނާގެ އިތުރު ސިޓީތަކަށް ފެށުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ޔޫރަޕްގެ އެކި މަންޒިލްތަކަށްވެސް ވައިޑް ބޮޑީ އެއކްރާފުޓްގެ ދަތުރުތައް ފަށާނޭކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.