ޗިކަން ބަންސް
ލައިފްސްޓައިލް
23 Mar 2025 | 09:30
ރޯދަމަސް ނިމުމުގެ ކުރިން މިކަހަލަ ޗިކަންބަންސް ކޮޅެއްވެސް އިފްތާރް ގަޑިއަށް ހަދާލަންވާނެ!

މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ޗިކަންބަންސް ތައްޔާރު ކޮށްލާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. 

ފުށްގަނޑަށް ބޭނުންވާ ތަކެތި

1 1/2 ޖޯޑު ފުށް

2 ސައި ސަމުސާ ޔީސްޓް

1 ސައި ސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ ތެޔޮ

10 ގުރާމު ބަޓަރ

ފެން

ލޮނު

ތައްޔާރުކުރާނެ ގޮތް

1) ފުށުގެ ތެރެއަށް ހުރިހާ އެއްޗެއް އަޅައިގެން މޮޑެލާށެވެ. އަތުން މޮޑޭނަމަ، ބަޓަރ އެއްކުރާނީ ފަހުންނެވެ.

2) އެއަށްފަހު މަތި ޖެހި އެއްޗެއްގައި 30 މިނެޓް ވަންދެން ފުށްގަނޑު ރަނގަޅަށް ފުފެންދެން ބާއްވާށެވެ.

މަސްގަނޑަށް ބޭނުންވާ ތަކެތި

1 ފިޔާ ( ތުނިކޮށް ކޮށާފައި)

1 ޖޯޑު ކުކުޅު މަސް (ކުދިކޮށް ކޮށާފައި)

1 ސައި ސަމުސާ މުގުރި އަސޭމިރުސް 

3 ލޮނުމެދު ( ކުދިކޮށް ކޮށާފައި)

1 ސައި ސަމުސާ މުގުރުރި މިރުސް

1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)

1 ހިކަނދިފަތް

ތެޔޮ (މަސް ދަޅުގެ ތެޔޮ)

ލޮނު (ނޫޑްލްސް ސޫޕް ޕެކެޓް) 

1/2 ސައި ސަމުސާ އިނގުރު ޕޭސްޓް

1 ސައި ސަމުސާ ޓޮމާޓޯ ޕޭސްޓް 

1 ސައިސަމުސާ ކުކުޅު ހަވާދު ( ޕެކެޓް/ހިކި ހަވާދު)

ކުޑަ ފެންފޮދެއް

1 ބިސް ( ބަނަހުގެ މަތީގައި އުނގުޅަން)

ތައްޔާރު ކުރާނެ ގޮތް

1) ތެއްޔަށް ތެޔޮ ފޮދު އަޅާފައި ތެޔޮ ހޫނު ވުމުން ލޮނުމެދު ކޮޅު އަޅާލާށެވެ. ކުޑަކޮށް ލޮނުމެދު ފްރައި ވުމުން ފިޔާ ކޮޅާއި ގިތެޔޮ މިރުހާއި، ހިކަނދިފަތް ކޮޅު، ނޫޑްލްސް ސޫޕް، ކުކުޅު އަދި އިނގުރު ޕޭސްޓް އަޅާލައިގެން މަޑު ގިނީގައި ކުކުޅުކޮޅުގެ ރޯ ފިލުވާލަންދެން ކައްކާށެވެ. 

2) ކުކުޅު ކޮޅު ރޯ ފިލައި ކުޑަކޮށް ރަންމުށި ކުލަ އެރުމުން ހަވާދު، މުގުރި މިރުސް، އަސޭމިރުސް، ޓޮމާޓޯޕޭސްޓް އަދި ފެންފޮދު އަޅައި 5 މިނެޓް ވަންދެން ކައްކާލާފައި އުނދުން ނިއްވާލާށެވެ.

4) ބަން ހެދުމަށް، ކުރިން މޮޑެފައި ބެހެއްޓި ފުށްގަނޑުން ގުޅަ ހެދުމަށްފަހު އޭތި ކުޑަކޮށް ދަމާލާފައި އޭގެ ތެރެއަށް ކުކުޅު މަސް އަޅައި ހުރިހާ ދިމާއަކުން ބައްދާލުމަށްފަހު، ތިނެސްކަން ބަށްޓަމަށް، ނޫނީ ބަނަސް ހުންނަ ގޮތަށް ވަށްކޮށް ހަދާލާށެވެ. 

5) ދެން އޭގެ މަތީގައި ރޯ ބިސް ހާކައި ފިހެލާށެވެ. އަވަނުގެ ހޫނުމިން ބަހައްޓާނީ 250 ޑިގްރީ ސެލްސިއަސް ގައެވެ. 15 ވަރަކަށް މިނެޓުން ފިހެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.