އަންހެނަކާއި އޭނާގެ ދަރިން: ފޮޓޯ/ ގޫގުލް
ދީން
23 Mar 2025 | 11:57
ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މައިންނަށް ކުރެވިދާނެ ކަންކަން

ރަމަޟާން މަހަކީ އަޅުގަނޑުމެން ރޫޙާނީ ގޮތުން ޠާހިރުވުމާއި، އަޅުގަނޑުމެންގެ ތަޤްވާވެރިކަން އިތުރުކުރުމަށާއި، ދަރުމައާއި ބަރަކާތް ހޯދުމަށާއި، އަދި މާތްالله އާއި ދެމެދު ވަރުގަދަ ގުޅުމެއް ބިނާކުރުމަށް އޮންނަ ވަގުތެކެވެ. ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ތެރެއިން އެންމެ އަގުހުރި ދުވަސްތަކަކީ ފަހު ދިހައިގެ ދުވަސްތަކެވެ. އަދި އޭގެ ތެރެއިން އެންމެ މާތް ރެއަކީ ލައިލަތުލް ޤަދުރު ރެއެވެ. މި ރޭތަކުގައި އަޅުކަން ކުރުމުން އަޅުގަނޑުމެންނަށް މުޅި އުމުރުގައި ވެސް ނުލިބޭވަރުގެ ދަރުމަ ލިބުމުގެ ފުރުސަތު ލިބެއެވެ.

ކަންމިހެން ހުރިއިރު، އެ ދުވަސްތަކާއި ރޭތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.

އެހެންކަމުން މި ލިޔުމުގައި އަލިއަޅުވާލާނީ ރަމަޟާން މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތިގައި ހިފުމަށް، މަައިންނަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. 

1. ޕްލޭނެއް ހަދާލާށެވެ.

ތިބާގެ ވަގުތުތައް ހޭދަކުރާނެ ގޮތްތައް ރާވާލާށެވެ. ތިބާ ދުވަސްތައް ހޭދަކުރަނީ އެއްވެސް ރޭވުމެއް ނެތި ކަމުގައިވާނަމަ، އަޅުކަމަށް ވަގުތު ހުސްކުރަން އުނދަގޫ ވެދާނެއެވެ. އެހެންކަމުން ނިޔަތް ވަރުގަދަކޮށް، ރަނގަޅު ޕްލޭނެއް ހަދައިގެން އަޒުމުގައި މަސައްކަތް ކޮށްފިނަމަ، ކަންކަން ރަނގަޅު ކުރެވިދާނެއެވެ. 

އިމާމް ޣަޒާލީ "ދަ ބިގިނިންގ އޮފް ގައިޑަންސް" ގައި ވިދާޅުވެފައިވެއެވެ.

"ތިބާގެ ވަގުތު އެއްވެސް ރޭވުމެއް ނެތި އެއިރަކު އެ ޖެހުނު ކޮންމެ ކަމަކާ އެކު މަޝްޣޫލުވާ ގޮތަށް ހޭދަނުކުރާށެވެ. އޭގެ ބަދަލުގައި، ތިބާ އަމިއްލަ ނަފްސު ހިސާބުކޮށް، ދުވާލާއި ރޭގަނޑުގެ އަޅުކަންތައްތައް ކުރާނެ ގޮތްތައް ތަރުތީބުކުރަންވާނެއެވެ. ކޮންމެ ވަގުތަކަށް ވެސް ވަކި ކަމެއް ކަނަޑައަޅައި އެވަގުތުގައި އެކަމެއް ކުރާށެވެ. އަދި އެކަނޑައެޅުނު ކަންތައް ފިޔަވައި އެހެން ކަމެއް އެ ވަގުތުގައި ނުކުރާށެވެ."

އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކަށް ކެއްކުމާއި ގުޅޭވެސް ޕްލޭނެއް ހެދުމަށްފަހު، އެކަމުގައި ޢާއިލާގެ ހުރިހާ މެންބަރުން ބައިވެރި ކުރާށެވެ. ދަރިން ތިބި ނަމަ ދަރިންނަށް ވެސް ބައެއް ކަންކަން ކަނޑައަޅާށެވެ.

2. ކުދި ވަގުތުކޮޅުތައް ވެސް ވަރަށް މުހިންމެވެ.

މައިންގެ ހައިސިއްޔަތުން، އަޅުކަން ކުރުމަށް ގިނަ ފަހަރު އަޅުގަނޑުމެން އިންތިޒާރުކުރަނީ ދަތިތަކެއް ނެތް، ހުސް، ދިގު ވަގުތުކޮޅަކަށެވެ. ނަމަވެސް އަޅުގަނޑުމެން އެންމެންނަށް ވެސް އެއްބަސްވެވޭނެ ފަދައިން، މިފަދަ ފުރުސަތުތައް ލިބޭނީ ވަރަށް މަދުންނެވެ. އެހެންކަމުން، ހުސް، ދިގު ވަގުތެއް ލިބޭނެ އިރަކަށް އިންތިޒާރުކުރުމުގެ ބަދަލުގައި، ލިބޭ ކޮންމެ ފުރުސަތެއްގެވެސް ބޭނުން ހިފާށެވެ. އެވަގުތު ތަކުގައި ޤުރުއާނުން ކުޑަ މިންވަރެއް ނަމަވެސް ކިޔަވާށެވެ.

ފިޤުހުގެ އުސޫލަކީ، "އެއްޗެއް ފުރިހަމައަށް ނުކުރެވުނު ނަމަވެސް، އެ އެއްކޮށް ދޫކޮށްލައިގެން ނުވާނެއެވެ."

3. ދުޢާގެ ލިސްޓެއް ހަދާށެވެ.

ރަމަޟާން މަހުގެ މި ފަހު ވަގުތުތަކުގައި، އަޅުގަނޑުމެން ވީހާވެސް ގިނައިން މާތްالله އަށް ހިތުގެ އަޑިން ދުޢާކުރަންވާނެއެވެ. ވަރުބަލިކަމާއެކު ދުވާލުގެ ވަގުތުތައް ހޭދަކުރުމަށްފަހު، އަޅުގަނޑުމެންގެ ދުޢާތައް ހަނދާންކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ފަހު ދިހައިގެ ރޭތަކުގައި ކުރުމަށް ބޭނުންވާ ދުޢާތަކުގެ ލިސްޓެއް ލިޔެލާށެވެ. 

4. ތިބާގެ ދަރިން ބައިވެރިކުރުވާށެވެ.

ތިބާގެ ދަރިންނާ އެކުގައި ކުރެވިދާނެ އެކި އަޅުކަންތައް ކަނޑައަޅަައި އެކުދިންނާއެކު އަޅުކަން ކުރުމަށް އިސްކަންދޭށެވެ.

އެގޮތުން ދަރިފުޅަށް ސޫރަތުލް ފާތިޙާ އުނގަންނައިދިނުމަކީ ޤުރުއާން ޚަތިމްކުރުމާ އަޅާބަލާއިރު ކުޑަ ކަމެއް ކަމަށް ފެނުނު ނަމަވެސް، ތިބާ ތިބާގެ ދަރިފުޅަށް އުނގަންނައިދޭ ކޮންމެ ހެޔޮ ޢަމަލަކީ ތިބާއަށް ލިޔެވެމުންދާ ދެމިގެންވާ ޞަދަަޤާތެއްކަން ހަނދާންކުރާށެވެ. މާތް الله އާއި އެކަލާނގެ ރަސޫލާއަށް ލޯބިކުރާ، އީމާންތެރި އަދި ތަޤްވާވެރި ދަރިއެއް ތަރުބިއްޔަތުކުރުމަށްވުރެ މާތް ކަމެއް އިންސާނަކަށް ކުރެވިދާނެ ހެއްޔެވެ؟

5. ޛިކުރުކުރުން އިތުރުކުރާށެވެ.

ގޭތެރޭގެ މަސައްކަތްތައް ކުރަމުންދާއިރު ޛިކުރުކުރުމާއި، ޤުރުއާނުން ހިތުދަސް ސޫރަތްތައް ކިޔެވުމުމުގައި މަޝްޣޫލުވެ ތިބޭށެވެ. ތިބާއަކީ ގާތުންދޭ މަންމައެއްނަމަ، ދަރިފުޅަށް ގާތުންދޭ ވަގުތުގައިވެސް ޛިކުރުކޮށް ޤުރުއާން ކިޔަވާށެވެ. މިއިން ތިބާގެ ދަރިންނަށް ރޫޙާނީ ގޮތުން ހެޔޮ އަސަރުކުރާނެއެވެ.

6. އެހީތެރިކަމަށް އެދުމަށް ފަސްނުޖެހޭށެވެ!

ތިބާއަށް ޢާއިލާގެ އެހީތެރިކަން ލިބޭނަމަ، ދުވާލުގެ ވަގުތުތަކުގެ ތެރޭގައި ތިބާގެ ޢާއިލާއަށް ދަރިން ބެލެހެއްޓުމުގައި އެހީތެރިވެދެވޭނެ ވަގުތުތައް ހޯދާށެވެ. ދަރިން ބެލެހެއްޓުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މާތްالله އަޅުގަނޑުމެންނަށް އަންގަވަނީ ހެޔޮކަންތައް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަށެވެ. 

ދަރިން ބޮޑުކުރަމުން އަދި ގާތުންދެމުން ރަމަޟާން މަސް ހޭދަކުރުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް، ތިބާ އަމިއްލަ ނަފްސަށް ހަނދާންކޮށްދޭށެވެ. މަންމައެއްގެ ހައިސިއްޔަތުން ތިބާ ކުރަމުންދާ ކަންކަމަކީވެސް އަޅުކަމެކެވެ. އަދި އެކަންކަން ކުރަމުން އަޅުކަން ކުރުމަށް ވެވުނު މިންވަރަކަކުން ވަގުތު ހޯދާށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ