ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ތަރުކާރީއާ މޭވާތަކެއް... ފޮޓޯ: ވޮއިސް
ވިޔަފާރި
23 Mar 2025 | 15:35
ބާޒާރުގައި މިހާރު އެންމެ އަގުބޮޑު އެއްޗަކަށް ކަރާ!

ނިމިގެންދިޔަ ހަފްތާގައި ބާޒާރުގެ އަގުތަކަށް ބަލާއިރު، އަގުތައް އެންމެބޮޑަށް ދަށަށްދިޔަ އެއްޗެއްގެ ގޮތުގައި ފާހަގަކުރެވުނީ ކަރައެވެ. ހަފްތާ ނިމުނުއިރު، ދިވެހި ކަރާގެ އަގު އެންމެބޮޑުވެގެންވެސް ހުރީ 20 ރުފިޔާގައެވެ. އިންޑިއާ ކަރާގެ އަގު 15 ރުފިޔާގައި ހުރިއިރު، މި ރޯދަމަހު މާރުކޭޓުން މުޅިންވެސް ފެނިގެންދިޔައީ ރާއްޖޭގައި ހައްދާ ކަރައެވެ. މާރުކޭޓަށް އިނޑިއާ ކަރާ ގެނެސްފައިވަނީ މިދިޔަ ހަފްތާގައެވެ. އިންޑިއާއިން ކަރާ ގެނައުމާއެކު ބާޒާރުގައި ކުރިން 30 ރުފިޔާއަށް ވިއްކަމުން އައި ކަރާކިލޯއެއްގެ އަގު ވަނީ 20 ރުފިޔާ އާއި 18 ރުފިޔާ އާ ދެމެދުގެ އަގަށް ތިރިވެފައެވެ.

ނަމަވެސް މިހާރު ބާޒާރުގައި މި ދެތިންދުވަހު ކަރާގެ އަގުތައް ވަނީ އިންތިހާއަށް މައްޗަށްގޮސްފައެވެ. ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު އެންމެ ހެޔޮވެގެންވެސް ދިވެހިކަރާ ލިބެންހުރީ ކިލޯއެއް 30 ރުފިޔާއަށެވެ. ހުޅުމާލޭ މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގުހުރީ 35 ރުފިޔާއަށެވެ. 

ބާޒާރުގައި ވިއްކަން ބަހައްޓާފައިހުރި ކަރާތަކެއް... ފޮޓޯ: ވޮއިސް

މި ރޯދަމަހު މާރުކޭޓަށް އެކި ބާވަތްތަކުގެ ކަރާ ވިއްކަން ހުރިއިރު, މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްގެ އަގުތައް ހުރީ އެއްވަރެއްގައެވެ. މިގޮތުން ރަންކަރާ، އަލަނާސިކަރާ އަދި އޮރެންޖް ކަރާ ކިލޯއެއް 20 ރުފިޔާއަށް ލިބެން ހުއްޓެވެ. ނަމަވެސް ބާޒާރުން ކަރާ ލިބުން ދަތިވުމާއެކު މި ހުރިހާ ބާވަތެއްގެ އަގުތައްވަނީ ބޮޑުވެފައެވެ. އެގޮތުން އެއްގަމުގެ ބައެއް ފިހާރަތަކުގައި މިހާރު އަލަނާސި ކަރާ ކިލޯއެއްގެ އަގު ހުރީ 55 ރުފިޔާއަށެވެ. މިއީ މި ފަހަކަށް އައިސް ބާޒާރުގައި ކަރާގެ އަގުތައް މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރެވެ. 

ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި އަލަނާސިކަރާތަކެއް... ފޮޓޯ: ވޮއިސް

ބާޒާރުގައި ކަރާގެ އަގު މިހާ މައްޗަށްދިއުމުގެ މައިގަނޑު ސަބަބަކީ މިފަހަރު ރޯދައަށް ކަރާ ހައްދާފައިވަނިކޮށް ކުރިމަތިވި ވިއްސާރައިގައި ދަނޑުތައް  ހަލާކުވުމާއި، އަވައްޓެރި އިންޑިއާއިން ކަރާ ގެނައުން މަދުވުމެވެ. މި ރޯދައަށް އިންޑިއާއިން ގެނައި ކަރާގެ ބޮޑު ޝިޕްމަންޓެއް ވަނީ ހަލާކުވެގެން އުކާލާފައެވެ. 

އިންޑިއާއިން އެތެރެކުރި ކަރާތަކެއް ހަލާކުވެފައި... ފޮޓޯ: ވޮއިސް

ބާޒާރުގައި ކަރާގެ އަގު މައްޗަށްދިޔަ ނަމަވެސް ރޯދަމަސް ފެށުނުއިރު އަގުތައް އުފުލުނު ބައެއް ބާވަތްތަކުގެ އަގުތައް މިހާރުވަނީ ވަރަށްބޮޑަށް ދަށަށްގޮސްފައެވެ. މިގޮތުން ކުރިން 160 ރުފިޔާއަށް އަރައިގެންދިޔަ ލޮނުމެދު ކިލޯއެއްގެ އަގު މިހާރު 90 ރުފިޔާއަށް ދަށަށްގޮސްފައިވާއިރު، ކުރިން 180 ރުފިޔާއަށް ވިއްކަމުން އައި ބަނބުކެޔޮ ކިލޯއެއްގެ އަގު މިހާރު ހުރީ 80 ރުފިޔާގައެވެ. މީގެ އިތުރުން ބާޒާރުގައި ފިޔާ، ލުނބޯ އަދި ފޭރާއި، ފެށަންފުރުޓްގެ އަގުތައްވެސް ވަރަށްބޮޑަށް ދަށަށްގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.