"އެމްއެސް ކްރިސްޓަލް ސިންފަނީ" ފޮޓޯ: ވޮއިސް
ވިޔަފާރި
23 Mar 2025 | 23:25
އެމްއެސް ކްރިސްޓަލް ކްރޫޒްލައިނާ ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެ

ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރަމުން އަންނަ ކްރޫޒްލައިނާއެއްކަމަށްވާ، "އެމްއެސް ކްރިސްޓަލް ސިންފަނީ" މިއަހަރު ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެސް ކްރިސްޓަލް ސިންފަނީ މިފަހުން ރާއްޖެ އައިސްފައިވަނީ، އަވައްޓެރި ސްރީލަންކާގެ ކޮޅުނބުން ފުރައިގެން މިއަދުއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެމްއެސް ކްރިސްޓަލް ސިންފަނީން ރާއްޖެ އައި 307 ފަތުރުވެރިންނަށް ކްލިއަރަންސް ދީފައިވާކަަމަށެވެ. އިމިގްރޭޝަނުން ވަނީ އެ ކްރޫޒްލައިނާއިން ރާއްޖެއައި 477 ފަޅުވެރިންނަށްވެސް ކްލިއަރަންސްދީފައެވެ. ކްރޫޒްލައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަރާތްތަކަށް އިމިގްރޭޝަނުން ކްލިއަރަންސް ދީފައިވަނީ ސީޕޯޓް ޑިވިޒަނުންނެވެ.

"އެމްއެސް ކްރިސްޓަލް ސިންފަނީ" މިއަދު ރާއްޖެ އައިސްފައިވާއިރު، މި ބޯޓު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ، މިއަހަރުގެ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ ތެރޭގައި 7 ކްރޫޒްލައިނާ ވަނީ ރާއްޖެ އައިސްފައެވެ. 

މިއަހަރު ރާއްޖެއަށް އެންމެގިނައިން ކްރޫޒްލައިނާއިން މީހުން އައިސްފައިވަނީ އައު އަހަރާ ދިމާކޮށެވެ. އައު އަހަރާ ދިމާކޮށް ރާއްޖެއަށް ބަނދަރުކުރި ކްރޫޒްލައިނާތަކުން 5 ހާހަށްވުރެ ގިނަ ދަތުރުވެރިންނަށް ވަނީ ކްލިއަރަންސްދީފައެވެ. ކްރޫޒްލައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ ވަރަށް މުހިއްމު މާކެޓެއްކަމަށް ޓޫރިޒަމް ސިނާއަތުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.