އޯޓިޒަމް ކުދިންނާއި ޑައުންސިންޑްރޯމް ކުދިންނަށް ހަޖޫޖެހި ޕްރޮގްރާމުގެ ތެރެއިން:
ހަބަރު
25 Mar 2025 | 12:07
ޕާޕާ އާއި މޮސްޓާ، އޯޓިޒަމާ ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ހަޖޫޖަހައިފި!

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ސިޔާސީ ކަންކަމާއި ޑައުންސިންޑްރޯން އަދި އޯޓިޒަމް ކުދިންގެ ޙާލަތާއި ގުޅުވައި އެކުދިންނަށް މަލާމާތްކޮށް ހަޖޫޖަހައިފިއެވެ. 

އެ ޓީވީން ގެނެސްދިން ކާލާ ބައިސާ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދިން ވާހަކަ ދައްކަވައި ސަރުކާރަށް ފާޑުވިދާޅުވަމުން ޕާޕާ އެންމެ ފުރަތަމަ ވިދާޅުވީ، ރައީސް މުޢިއްޒު އެފަދައިން ކަން ކުރެއްވީ ގޮތް ހުސްވެގެން ކަމަށެވެ. އަދި ގޮތް ހުސްވުމުން މީހުން އަތުންފައިން ގޯސް ހަދާނެކަމަށް ވިދާޅުވެ، އެކަން ދެން ގުޅުވާލީ އޯޓިޒަމާއެވެ. 

"ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނުޖެހުނީމާ އަތުންފައިން ގޯސް ހަދާނެ. އަސްލު މީނައަކީ (ރައީސް މުޢިއްޒަކީ) އޮޓިސްޓިކް ގޮތެއް ހުންނަ މީހެއްހެން ހީވަނީ އޮޕަރޭޓް ކުރާ ގޮތުން." ޕާޕާ ފަޔާޒު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވުމުން މޮސްޓާ ވަނީ އެއަށް ބާރުދެއްވައި ޖޯކު ޖައްސަަވަމުން ރައީސްގެ "އޮޓިސްޓިކް އެކަންޏެއް ނޫން ޑައުންސިންޑްރޮމްވެސް ހުންނަހެން ހީވާ." ކަމަށް ވިދާޅުވެފައެވެ.

އެއާއެކީ ޓީވީ ޕްރެޒެންޓަރު އަދި މި ދެބޭފުޅުން ވަނީ އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންގެ ހާލަތަށް މަލާމާތްކޮށް ހީ ހަދާފައެވެ.

އެއަށްފަހު އަނެއްކާވެސް ޕާޕާ ވަނީ، ރައީސް މުޢިއްޒު، ”އެއްކޮށް ހަމަ ނޫން“ ކަމަށާ "ކޮންމެވެސް ވަރަކަށް މައްސަލަ އުޅޭ“ ކަމަށާ، އެމަނިކުފާނަކީވެސް އެފަދަ ”ބަލިކުއްޖެއް“ ކަމަށް ވިދާޅުވެފައެވެ. 

"މިދަންނަވަނީ ކޮންމެއަކަސް މީނާއަކީ ބަލި ކުއްޖެކޭ، އެނގެންވާނެ ނޫސްވެރިއަކަށް ގުޅާއިރު މީނާ ދައްކާ ވާހަކަ ރެކޯޑު ވާނެކަން. ނޭނގެނީ އޭނާ ސިކުނޑީ މައްސަލައެއް އުޅެނީއެއްނު." ޕާޕާ ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކޮށް މިއީ ސިޔާސީ ގޮތުން ހައްދު ފަހަނައަޅައި ދިޔުން ކަމަށް ވިދާޅުވެފައެވެ. 

"ވަރަށް ހިތަށް އަސަރު ކޮށްފި! ބައެއް ބޭފުޅުން ޓީވީތަކަށް އަރާތިބެގެން ހީ ސަމާސާކުރަމުން އެވެނި މިވެނި މީހަކީ އޯޓިސްޓް ގޮތެއް ހުންނަ ފަދަ މީހެކޭ ޑައުންސިންޑްރޮމް ހުންނަ މީހެކޭ ކިޔާ އެފަދަ ފަރާތްތަކުގެ ކަރާމާތަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާކަމީ ހަޤީޤަތުގައިވެސް ވަރަށް ހިތާމަހުރި ކަމެއް! އެފަދަ ކުދިން ގޮވައިގެން އުޅޭ އަދި އެކުދިންގެ ޙައްޤުޤައި އެތައް ޤުރުބާނީއެއްވަމުންދާ ބަޔަކަށް އިޙްސާސްވާނީ އެކުދިންގެ ކަރާމާތަށާއި އެކުދިންގެ އެ ސިފައަށް ޖޯކުޖަހައި އެއީ އެއްވެސް އަގެއް ނެތް ގަމާރު ކުދިންތަކެއްގެ ގޮތުގައި ސިފަކޮށް މިގޮތަށް ވާހަކަދެއްކީމަ ހިތަށް ކުރާ އަސަރު. މިއިން ބޭފުޅެއްގެ އެފަދަ ކުއްޖަކު ހުރެމެ އެކުއްޖާއަށް ނިސްބަތްކޮށް އެހެން މީހުން ދަށުދަރަޖައިގެ ބަސްތައް ބޭނުން ކުރާ އަޑު އަހަން ކެތްވާނެބާ؟ސިޔާސީ ގޮތުން ކިތަންމެ ޙިޔާލު ތަފާތުވިޔަސް ތިމާމެންނަށް ކިޔޭނުކިޔޭ ނޭނގޭވަރުވީމަ އެއީ ދެން ބޮޑުވަރު" ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިނޫނަސް ގިނަ ބަޔަކު އަންނަނީ އެވާހަކަތައް ކުށްވެރިކޮށް އެފަދަ ކުދިންގެ ޢާއިލާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ކޮމެންޓް
އެންމެ
މީކަމައް ވަނީ އެންމެ ހަމަ ފުރިހަމަ ބަޔަކީ.
25 Mar 2025
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.