އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް: ފޮަޓޯ/ އިސްލާމިކް މިނިސްޓްރީ
ދީން
28 Mar 2025 | 09:58
ރާއްޖޭގައި އިސްލާމީ ތަޢުލީމީ މަންހަޖެއް އޮތް ނަމަވެސް ފެންނަނީ އެއާ ބީރަށްޓެހި އަމަލުތަކެއް: ޑރ ޢަލީ ޒާހިރު

ރާއްޖޭގެ ތަޢުލީމީ މަންހަޖަކީ އިސްލާމްދީން ބާރުއަޅާ ތަޢުލީމީ ނިޒާމެއް ޤާއިމުކޮށްދެވޭނެފަދަ މަންހަޖެއްކަމަށާއި އެހެންނަމަވެސް އެމަންހަޖު ރަނގަޅަށް ތަންފީޒުވަމުންދޭތޯ ސުވާލުއުފައްދަން ޖެހޭކަމަށް އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވުނު ރަމަޟާން މަހުގެ އެންމެ ފަހު އިޙްޔާފޯރަމްގައި، "އިސްލާމީ ތަޢުލީމީ ނިޒާމު" މައުޟޫއަށް ވާހަކަދައްކަވަމުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ތަޢުލީމީ ނިޒާމްތައް ފެތުރިފައުވާ ކަމަށެވެ. އަދި އެކި ފަރާތްތަތަކުން އެ ނިޒާމްތައް އެކި ކަންކޮޅުތަކުގައި ފެތުރުމަށް މަސަައްކަތް ކުރަމުންދާ ކަމަށެވެ. 

ކަންމިހެން ހުރި ނަމަވެސް ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއް ކަމަށް ވުމުން ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައި އޮންނަންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކުގެ މަތީގައިކަމަށް ޑރ އަލީ ޒާހިރު ވިދާޅުވުއެވެ. އަދި އިސްލާމީ ތަޢުލީމު ނިޒާމް ގާއިމް ވެފައިވަނީ އިސްލާމީ ޢަޤީދާގެ މައްޗަށް ކަމަށްވާއިރު ދީނުގެ އަޤީދާއާއި ޚިލާފް އެއްވެސް ކަމެއް ތަޢުލީމުގެ ތެރޭގައި ހިމަނައިގެން ނުވާނެ ކަމަށް ކަމަށް ޝެއިޚް ވިދާޅުވިއެވެ.

މިއާއެކު ޑރ އަލީ ޒާހިރު ވިދާޅުވީ، ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖަކީ ވަރަށް ފުރިހަމައަށް ލިޔެވިފައިވާ މަންޙަޖެއް ކަމަށާ، އެ މަންހަޖުގެ ތަޞައްވުރުގެ ގޮތުގައި ލިޔެވުފައުވަނީ އިސްލާމީ އަޤީދާ ވަރުގަދަ ވަރުގަދަ ކުއްޖަކު މުޖުތަމަޢަށް ނެރުންކަމަށެވެ. އެ މަންހަޖުގެ އަސާސްތަކުގެވެސް އެންމެ ކުރީގައި އޮތީ މާތް ވެގެންވާ އިސްލާމްދީން ކަމަށާ، އަދި ހަރުދަނާ އަޤީދާގެ މަތީގައި ޤުރުޢާނާއި ސުންނަތަށް ޢަމަލުކުރާ ދަރިވަރުންތަކެއް އުފެއްދުން ކަން ފާހަގަކުރައްވައި ޑރ.ޢަލީ ޒާހިރު ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުމެގެން އަންނަ ކުދިންގެ ކިބާގައި އެ އަސާސީ ސިފަ އެކުލެވިފައިވަނީ ކިހާމިންވަރަކަށްތޯ ސުވާލު ކުރައްވާފައެވެ.

މުޖުތަމަޢުން ފެންނަ މަންޒަރުތަކާއި، ފެންނަ ނޭދެވޭ އެތައް ބައިވަރު ކަންތައްތަކެއްގެ ތެރެއިން އަޅުގަނޑަށް ސުވާލު އުފެދޭ އަޅުގަނޑުމެންނަށް މި ތަޢުލީމީ މަންހަޖު ރަނގަޅަށް ތަރުތީބު ކުރެވޭބާއޭ.

ޑރ ޢަލީ ޒާހިރު 

”މީހުންގެ އަބުރަށް އަރައުގަތުމާއި، މީހުންގެ ކަރާމާތް ނަގައިލުމާއި، މީހުންގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމާއި، މީހުންނޭ ކިޔައިގެން ތަފާތު އެކިއެކި ވާހަކަތައް ރެއާދުވާލު ދެއްކުމާއި، ބޮޑުމީހެއް ކުޑަމީހެއް، އަންހެނެއް ކުޑަކުއްޖެއް  ތަފާތުނުކޮށް، އެމީހުންނަށް ނިސްބަތްވާގޮތަށް ހަގީގަތާ ޚިލާފް ވާހަކަތައް ދެއްކުމާއި ފެތުރުމާއި، އާއްމު ކުރުން، އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ އިސްލާމީ ޤައުމުގައި ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުން.“ ޑރ ޢަލީ ޒާހިރު ވިދާޅުވިއެވެ. 

ކަން މިހެން ހުރުމުން، މިކަމާމެދު ފުންކޮށް ވިސްނައި، މައްސަލައަކީ އުނގަންނައިދެވޭ ގޮތްތޯ ނުވަތަ އުނގެނެމުގައި ދިމާވާ މައްސަލައެއްތޯ ދެނެގަންނަންޖެހޭ ޙާލަތަށް މިކަންގޮސްފައިވާކަން ޑރ. ޢަލީ ޒާހިރު ފާހަގަކުރެއްވިއެވެ. އަދި މިއަދު މުޖުތަމަޢުން ފެންނަމުންދާ ނޭދެވޭ ސިފަތަކަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން އެކަމުގެ ޙައްލު ގެނެވެންޖެހޭނެ ކަންތައްތަކެއްކަމަށްވެސް ވިދާޅުވިއެވެ.

"ތަޢުލީމުގައި ކިޔަވައިދެވޭ އެންމެހާ މާއްދާތަކާއި ކިޔަވައިދިނުމުގައި ބޭނުންކުރާ އެންމެހާ އުކުޅުތަކާއި ކިޔަވާއިދިނުމާއި ގުޅންހުރި އެންމެހާ ޙަރަކާތްތަކާއި އެދުރުންގެ ޙަރަކާތްތަކާއި ކިޔަވާ ކުދިންގެ ހުންނަންޖެހޭ އަދަބުތަކާއި އުޅުންތަކާއި ގުޅުންތައް، އެހުރިހާކަމެއްވެސް ބިނާވެފައި ހުންނަންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާއާއި އެއްގޮތަށް." 

ޑރ.ޢަލީ ޒާހިރު

މިއާއެކު ޑރ.ޢަލީ ޒާހިރު ވިދާޅުވީ ދަރިވަރުންނަށް އުގަންނައި ދެއްވުމުގައި މާތް ނަބިއްޔާ ޞޢވ ނަމޫނާއަކަށް ބަލަންޖެހޭ ކަމަށެވެ. އެކަލޭގެފާނު މީސްތަކުންނަށް އުގަންނައިދެއްވުމުގައި ގެންގުޅުއްވި ކެތްތެރިކަމާއި، ގާތް ކަމާއި، ވިސްނުން ގެންގުޅެންޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.