ނައިފަރުގެ ގުރުއާން ހިތުދަސް ހާފިޒުން ރަށަށް އައުމުން މަރުހަބާ ކިޔަނީ: ފޮޓޯ/ ނާޒިލް އިންސްޓިޓިޔުޓް
ހަބަރު
28 Mar 2025 | 14:01
ނައިފަރު ޤުރުއާން ލާނިންގ ސެންޓަރ ތަރައްޤީކުރުމަށް މިނިސްޓްރީގެ ވަޤުފު ފަންޑުން އެހީވަނީ!

ޅ. ނައިފަރުގެ ޤުރުއާން ލާނިންގ ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އިސްލާމިކް މިނިސްޓްރީގެ އިސްލާމީ ވަޤުފު ފަންޑުން އެހީ ފޯރުކޮށްދިނިމަށް ނިންމައިފިއެވެ.

މިކަން ހާމަ ކުރައްވައި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ އެ ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާތީ އެކަމަށް މިނިސްޓްރީގެ އިސްލާމީ ވަޤުފު ފަންޑުން ހޭދަކުރަން ނިންމާފައިވާ ކަމަށެވެ.

ނައިފަރުގެ މި ސެންޓަރަކީ ގިނަ އަދަދެއްގެ ހާފިޒުންތަކެއް އުފެއްދުމުގެ ކާމިޔާބު މަސައްކަތެއް ކުރަމުން އަންނަ ޝައިހް/ހާފިޒް އަހުމަދު ނާޒިލް ހިންގަމުން އަންނަ ސެންޓަރެކެވެ. 

މި ސެންޓަރު ތަރައްގީކުރަން ފަންޑު ހޯދަން ހުޅުވާލައި މިދިޔަ އާދިއްތަ ދުވަހު ޝެއިހް ނާޒިލް އިންސްޓިޓިއުޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ނައިފަރުގައި ގުރުއާން ހިތުދަސްކުރަން ބޭނުންވެފައިވާ އެތައް ކުދިންނެއް ތިބި ކަމަށާ އެހެން ނަމަވެސް އެ ސެންޓަރު ހިންގަމުންދާ އިމާރާތުގައި ޖާގައިގެ ދަތިކަން އޮތް ކަމަށެވެ.

އަދި ވިއްސާރަ މޫސުމެއްގައި ނަމަ އެ އިމާރާތަށް ފެންފޭބުން ފަދަ ކަންކަން ކުރިމަތިވާއިރު، އިމާރާތުގެ ސީލިންްގުގައި މީދާ އާލާވެ، ފާރުތަކުގައި ރެނދުލައި، އިމާރާތް ބާވެ ވީރާނާވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ނާޒިލްގެ ޤުރުއާން ކިލާހުން ދަނީ މިވަގުތު ރާއްޖޭގައި ހިންގޭ އެންމެ ކާމިޔާބު ހިފްޒު ޕްރަގްރާމް ހިންގަމުންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި ނައިފަރުގެ ހަތަރު ދަރިވަރަކު ވަނީ ގުރުއާން ހިތުން ދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލު ކޮށްފަ އެވެ.

އަދި މި އަހަރު ނިމުމުގެ ކުރީން އިތުުރު 8 ދަރިވަރަކު ގުރުއާން ހިތުން ދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލު ކުރާނެ ކަމަށް ޝެއިޚް މައުލޫމާތު ދެއްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.