މިޔަންމާއަށް އައި ބިންހެލުން
ދުނިޔެ
30 Mar 2025 | 10:52
ތައިލެންޑް-މިޔަންމާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000 އިން މައްޗަށް

މިޔަންމާއަށް އައި ނުރައްކާތެރި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1,002 އަށް އަރައިފިކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. މީގެ އިތުރުން 2,300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، 30 މީހުން އަދިވެސް ވަނީ ގެއްލިފައެވެ.

ހުކުރު ދުވަހު ކުރިމަތިވި މި ބިންހެލުމަކީ ރިކްޓަރ ސްކޭލްގައި 7.7 ގެ ބިންހެލުމެކެވެ. މި ބިންހެލުން އައި ސަގައިންގ ސަރަޙައްދުގައި، އޭގެ 12 މިނެޓް ފަހުން ރިކްޓަރ ސްކޭލްގައި 6.4 ގެ އިތުރު ބިންހެލުމެއް އައިސްފައިވާކަމަށް ޔޫ.އެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މިޔަންމާއިން އިންސާނީ އެހީއަށް އެދުމާ ގުޅިގެން ޗައިނާ، އިންޑިއާ، ރަޝިއާ އަދި އދ. ވަނީ އެންމެ ފުރަތަމަ އިޖާބަދީފައެވެ. ޗައިނާގެ އީސްޓަން އެއަރލައިންސްގެ ފްލައިޓެއްގައި 37 ސަލާމަތްކުރާ މީހުންނާއި 5 ޓަނުގެ މެޑިކަލް ސަޕްލައިސް އަދި ޓެންޓް ވަނީ ހޮނިހިރު ދުވަހު ޔަންގޫންއަށް ގެންގޮސްފައެވެ. އިންޑިއާއިން ވެސް ވަނީ 15 ޓަނުގެ އެހީގެ ތަކެތި ފޮނުވާފައެވެ.

ރަޝިއާގެ އިމަޖެންސީ ސިޓުއޭޝަންސް މިނިސްޓްރީން ވަނީ ދެ މަތިންދާބޯޓެއްގައި 120 މުވައްޒަފުން ފޮނުވާފައެވެ. މީގެ ތެރޭގައި އެނެސްތީސިއޮލޮޖިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ސަލާމަތްކުރާ ޓީމުތަކާއި، ކޭ9 ޔުނިޓްތައް ހިމެނެއެވެ. އދ. އިން ވަނީ 5 މިލިއަން ޑޮލަރުގެ ކުއްލި އެހީ ދޭން ނިންމާފައެވެ.

އަވައްޓެރި ތައިލެންޑްގައި ވެސް މި ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އެ ޤައުމުގެ 11 ޕްރޮވިންސްއަށް އަސަރުކޮށްފައިވާ އިރު، ބެންކޮކްގައި ހުރި އުސް އިމާރާތެއް ވެއްޓި، 8 މީހުން މަރުވެ، 101 މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ އޮތޯރިޓީތަކުން ބުނެފައިވެއެވެ.

މެލޭޝިއާ، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، ޕާކިސްތާން އަދި ނިއުޒީލެންޑް ފަދަ ޤައުމުތަކުން ވަނީ މިޔަންމާއަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.