އެޗްޑީސީއާ މަންފާގެ އީދު ހަވީރު: ވަރަށް ކާމިޔާބު -- ފޮޓޯ: އެޗްޑީސީ
ހަބަރު
31 Mar 2025 | 13:48
އެޗްޑީސީއާ މަންފާގެ އީދު ހަވީރު ވަރަށް ކާމިޔާބު، ކުޑަކުދީންނަށް ބޮޑު އުފަލެއް

ފިޠުރު ޢީދު ފާހަގަ ކުރުމުގެ ގޮތުން މަންފާ އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ހަވީރު ބޭއްވި ޢީދު ފެސްޓިވަލް ކާމިޔާބު ކަމާއެކު ބާއްވައިފި އެވެ.

މި ފެސިޓިވަލަށް އެތައް ހާސް ބަޔަކު ހާޒިރުވި އެވެ. ފެސްޓިވަލް ކުރިއަށް ގެންދިޔައީ ކުޑަކުދިންނާ ގުޅޭ އަދި އެ ކުދީން ޝައުގުވެރިވާނެ ވަރަށް ގިނަ ހަރަކާތްތަކާ އެކު އެވެ.

އެގޮތުން ފޭސްޕެއިންޓިން އާއި ރިންގްޓޮސް އާއި ޖަމްޕް އެންޑް ޕްލޭ އާއި ރޭސިން ކާސް ޑެމޯ އާއި ޕޮލިސްކިޑްސް ޝޯގެ އިތުރުން ހީނާ، އެރޭންޖިން ކަލާ ބޯލްސް އަދި މޭކިންގް އީދު ކާޑްސްއާަ ހޮޕިންގް ފަދަ ކުޅިވަރު ހަރަކާތްތައް އޮތެވެ.

އެޗްޑީސީއާ މަންފާގެ އީދު ހަވީރު: ވަރަށް ކާމިޔާބު -- ފޮޓޯ: އެޗްޑީސީ

އެންމެ ފާހަގަކޮށްލެވޭ ހަރާކަތަަށް އޮތީ މަޝްހޫރު ހުށައެޅުންތެރިޔާ އިބްރާހީމް ރަމީޒު (ރަމީޒުބެއާއެކު) އޮތް ކުޑަކުދިންގެ ހާއްސަ ސްޓޭޖް ހަރަކާތެވެ.

ކުޑަކުދީންގެ ވަރަށް ބޮޑު ބައިވެރިވުމަކާ ޝައުގުވެރި ކަމެއް އެ ހަރަކާތަށް އޮތެވެ.

އެޗްޑީސީއާ މަންފާގެ އީދު ހަވީރު: ވަރަށް ކާމިޔާބު -- ފޮޓޯ: އެޗްޑީސީ

އިއްޔެ އޮތް ހަރަކާތާއި ގުޅޭގޮތުން މަންފާގެ ރައީސް ޢަލީ ރަމީޒު ވިދާޅުވީ އިއްޔެގެ އިވެންޓް ވަރަށް ކާމިޔާބު ކަމަށެވެ.

“އަލްޙަމްދުލިއްލާ. ފިޠުރު ޢީދުގެ އިވެންޓު މިހާ ކާމިޔާބު ވާނެކަމަށް ކުރިން ލަފައެއް ނުކުރަން. ހީކުރި ވަރަށްވުރެ މާބޮޑަށްވެސް ކާމިޔާބު އިވެންޓަކަށް މި އިވެންޓު ވެގެންދިޔައީ. އެތަނަށް ދާ ކުދިންނަށް ބެހުމަށްޓަކައި އަޅުގަނޑުމެން ހެދި ހާހަކަށް ވުރެ ގިނަ ހަދިޔާވެސް މާބޮޑަށް މަދުވެގެންދިޔައީ ހާޒިރުވި ކުދިން ގިނަވުމުގެ ސަބަބުން. މަންފާ އަދި އެޗް.ޑީ.ސީގުޅިގެން ބޭއްވި ޢީދުފެސްޓިވަލްގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އޭގެތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަން، ޑްރިފްޓް އެސޯސިއޭޝަން، އުކުޅަސްހޯޕް، ޚިދުމަތް ޖަމިއްޔާ އަށް ޝުކުރު ދަންނަވަން،” އަލީ ރަމީޒު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ