މެންބަރު ފަލާހް، މުސާރަ ކުޑަކުރުމާ ދެކޮޅު
ހަބަރު
01 Apr 2025 | 23:24
މަޖިލީހަަށް ވަނީ އެތައް މިލިއަނެއް ހަރަދުކޮށްގެން، މުސާރަ ކުޑަކޮށްފިނަމަ ދަރަނިވެރިވާނެ: ފަލާހް

‏އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިޚާބަށް ނެގިދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެ ކަމަަށް ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާއި ބައެއް އިނާޔަތްތައް ކުޑަކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމާއި ގުޅިގެންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ ފަލާހް ވިދާޅުވީ އެއީ ގޯސް ޚިޔާލެއްނޫން ނަމަވެސް 19ވަނަ މަޖިލީހުގެ ސުޕަރމެޖޯރިޓީ އެމްޑީޕީއަށް އޮއިތް މަޖިލީހުގެ ދައުރު ނިންމާޅީ މެމްބަރެއްގެ މުސާރަ 100،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމުމަށް ފަހު ކަމަށެވެ.

ފަލާހު ވިދާޅުވީ އެމައްސަލާގައި ކަމާގުޅުންހުރި ކޮމިޓީ އިންފާސްކުރުމަށް ފަހު އެކަން އެގޮތަށް ނުކުރަން އިރުޝާދުދެއްވީ ރައީސް މުޢިއްޒު ކަމަށެވެ.

“ހަމަ އެއާއި އެކު އަޅުގަނޑުގެ ވިސްނުން ދަންނަވަން މަޖިލީސް މެމްބަރުންގެ މުސާރައަށް ބަދަލުގެނައުން ރަނގަޅީ މަޖިލީސް ދައުރެއްނިމި އާދައުރެއްގެ އިންތިޚާބަށް،”

އެކަމުގެ ސަބަބަކީ އެތައް މިލިއަން ރުފިޔާ ޚަރަދުކޮށް މަޖިލީހަށް ވަންނަ ތަނުން މުސާރަ ކުޑަކޮށްލުމުން އިިންތިޚާބަށް ނެގިދަރަނި އަދާކުރާނެ ގޮތެއް ނޯންނާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަލަށް 21ވަނަ މަޖިލީހަށް މެމްބަރަކަށް 5000 ރުފިޔާ ކަނޑައެޅި ނަމަވެސް އެ އެމުސާރަ ކުރިމަތިލާ މެމްބަރުންނަކަށް ރަނގަޅު ވާނެ ކަމަށާ އެކަމާ ޝަކުވާކުރެވެން ނޯންނާނެ ކަމަށެވެ.

“ހަމަ އެއާއިއެކު ކުރީގެ ރަޢީސުންގެ އިނާުަޔަތާމެދުވެސް ވިސްނާލުން މުހިއްމު. ފަނޑިޔާރުންގެ ނަންވެސް ޕެޓިޝަނުގަ ޖަހާލިނަމަ ސަޅިވިސް. އަދި ތަފާތު ދައްކަވާ އަދުގެ ޢިއްޒައިތްތެރި ރަޢީސް ރަޢީސް މުޢިއްޒު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާ ކޮށްމެ ކަމެއްގަވެސް ނަމޫނާ ދައްކަވާތި ރަޢީސް އަށް ޚާއްސަ ޝުކުރެއް ދަންނަވަން،” ފަލާހު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ކޮމެންޓް
ޙުސައިން
ކާކުބުނެގެންތޯ ދަރަނި ނެގީ
02 Apr 2025
ހަސްބެ
ރިސްވަތު ނުބެހޭހޭ ނުކެވޭ ދޯ ދިވެހިން އައް ސާބަސް
02 Apr 2025
މުހައްމަދު
އެކަން ގޯސްވެގެން ކަލޭނެން ގެނައީ ރަެްޔިތުން ނުބުނޭ ކަލޭ މަޖިލީހަށް ކުރިމަތިލާށޭ kobaa އިންތިހާބަށް ލިބުނު ފައިސާ
02 Apr 2025
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.