ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް -- ފޮޓޯ: މަޖިލީސް
ހަބަރު
02 Apr 2025 | 09:09
މުސާރަ ކުޑަކުރުމާ ދެކޮޅު، މިހާރު ލިބޭ މުސާރައިން ވެސް ދެކޮޅެއް ނުޖެހޭ: އައްބާސް

‏މަޖުލީސް މެންބަރުންގެ މުސާރާ އާ އިނާޔައްތައް ކުޑަކުރަން ދެކޮޅު ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މެންބަރުންގެ މުސާރަ ކުޑަކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފެށުމާއި ގުޅިގެން އެކަމާ ދެކޮޅު ހައްދަވާ އޭނާ ވިދާޅުވީ މަޖުލީސް މެންބަރުން އަދާކުރަމުން ދަނީ ވަރަށްބޮޑު ގައުމީ އަދި ފަރުދީ ޒިންމާއެއް ކަމަށެވެ.

އަދި ވިދާޅުވީ މިހާރު ވެސް ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ ކަމަށެވެ. މެންބަރުންނަަށް ދޭ ލިވިން އެލަވަންސް އަށް ވުރެ އެޕާޓްމެންޓު ތަކުގެ ކުލި ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

“ދާއިރާގެ ކޮންމެ ރަށެއްގައި ހިންގާ ކުޅިވަރު މުބާރާތްތަކާއި ތަރައްގީގެ މަސްރޫއު ތަކަށް އެތަކެއްހާސް ރުފިޔާ ކޮންމެ މަހަކު ހަރަދު ކުރެވޭ. މީގެ އިތުރުން ދާއިރާގެ ރައްޔިތުން ބޭސްފަރުވާ އަށް މާލެ އައުމުން އަދި ރާއްޖެއިން ބޭރައް ބޭސްވަރުވާ އަށް ދާ ރައްޔިތުންނަށް އެތައްހާސް ރުފިޔާއެއް ކޮންމެ މަހަކު ހަރަދުވޭ،” މެންބަރުންނަކީ ދާއިރާގެ މެންބަރުންނަށް ވެެސް އެހީވާ ބައެއްކަން ފާހަގަކޮށް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ހާލަތެއް ދިމާވިއަސް ދާއިރާގެ މެޖޯރިޓީ ރައްޔިތުން ގުޅަމުން ދަނީ ދާއިރާގެ މަޖުލީސް މެންބަރަށް ކަމަށާ ބޮޑު މުސާރަ ލިބޭ އެހެން އެއްވެސް ސިޔާސީ ބޭފުޅަކަށް ދާއިރާގެ ރައްޔިތުން ނުގުޅާނެ ކަމަށެވެ.

މަޖުލީސް މެންބަރުންގެ މުސާރައަށް ވުރެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ކުންފުނި ތަކުގެ އެމްޑީންގެ މުސާރަ ބޮޑުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސިޔާސީ ބަޔަކު އިސްވެ ތިބެ ރައްޔިތުންގެ މަޖުލީސް މެންބަރުންގެ މުސާރަ ކުޑަކުރުމަށް ބަޔަކު އިސްވެ ތިބެ ޕެޓިޝަނެއްގައި ސޮއި ކުރުވަމުންދަނީ ވަރަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ހަގީގަތުގައި ރައްޔިތުން ތިއްބެވީ ވަރަށް ދަތި ހާލަތުގައި، އާސަންދަ ލިބުނެއް ކަމަކު ރާއްޖެއިން ބޭރައްގޮސް ތިބުމާ، ކެެއުމާ، ޓެކްސީ ހަރަދު ތައް ކުރުމަށް އެތައްހާސް ރުފިޔާއެއް ހަރަދު ކުރަން ޖެހުމާ އެކު ނިކަމެތި ރައްޔިތުމީހާ އަށް ކަން ކަން މަގުފަހިކޮށް ދެނީ ހަމައެކަނި ރައްޔިތުން މަޖުލީސްގެ މެންބަރުން. މިއަދު އެނިކަމެތި ރައްޔިތުންނާ އަޅާލަން ތިބި ދާއިރާތަކުގެ ރައްޔިތުންގެ މަޖުލީސް މެންބަރުންގެ މުސާރަ ކުޑަކުރަން ބަޔަކު އެއުޅެނީ ރައްޔިތުންނަށް ހަމައެކަނި އެހީތެރިކަމެއް ދެމުން ދަނީ މަޖުލީސް މެންބަރުން ކަމައްވެފައި ރައްޔިތުން އިތުރައް ނިކަމެތިކުރުމުގެ މަކަރުވެރި ނިޔަތުގައި. އެހެން އެއްވެސް ބޭނުމަކު ނޫން،”

އޭނާ އަދި ވިދާޅުވީ ސިފައިންނާއި ފުލުހުންގެ މައިންބަފައިންނާ އާއިލާއަށް މުޅިން ހިލޭ ބޭސްފަރުވާ ކުރެވޭއިރު މަޖުލީސް މެންބަރުންގެ މައިންބަފައިންއަށް އެ ޕެކޭޖުގެ ތެރެއިން ބޭސްފަރުވާ ނުކުރެވޭ ކަމަށެވެ.

ކޮމެންޓް
ޖޖ
ނުޖެހޭ ދޭކަ..ތީ ބޮޑު މުސާރަ ހޯދަން ވަންނަތަނެއްތަ!
02 Apr 2025
ގުޅޭ ލިޔުންތައް
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.