ބީއެމްއެލްގެ ހިދުމަތެއް މީހަކު ބޭނުންކުރަނީ... ފޮޓޯ: ބީއެމްއެލް
ވިޔަފާރި
03 Apr 2025 | 16:18
ބީއެމްއެލްގެ ބައެއް ހިދުމަތްތައް، މިރޭ މެންދަމުން ފެށިގެން ވަކި ވަގުތަކަށް މެދުކަނޑާލަނީ!

ބޭންކް އޮފް މޯލްޑިވްސްއިން ދެމުންގެންދާ ބައެއް ހިދުމަތްތައް މިރޭ މެންދަމުން ފެށިގެން މާދަމާގެ ހެނދުނާ ހަމަޔަށް މެދުކެނޑޭނޭކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މަސައްކަތެއް ކުރުމަށްޓަކައި މިރޭ އެ ބޭންކުން ދެމުން އަންނަ ކާޑުގެ ހިދުމަތްތައް މެންދަމު 02:00 އިން ފެށިގެން ހެނދުނު 08:00 ގެ ނިޔަލަށް މެދުކެނޑޭނޭކަމަށެވެ. އެގޮތުން ކާޑުގެ ހިދުމަތް މެދުކެނޑޭ އެ ވަގުތުތަކުގައި އޭޓިއެމް ހިދުމަތާއި، ޕީއޯއެސް މެޝިނުގެ އިތުރުން ޕޭމަންޓް ގޭތްވޭ މެދުވެރިކޮށް ދެވޭ ހިދުމަތް މެދުކެނޑުމަކަށް އަންނާނޭކަމަށް ބީއެމްއެލުން ބުނެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ މާދަމާ ހެނދުނު 6 ކުން ފެށިގެން ހެނދުނު 10 އެއް ޖެހުމާ ހަމަޔަށް ގަޑިއިރަކަށް އިންޓަރނެޓް ބޭންކިން ހިދުމަތާއި، މޯބައިލް ބޭންކިންގެ އިތުރުން ފަވާރާގެ ހިދުމަތްވެސް މެދުކެނޑޭނޭކަމަށެވެ. 

ބީއެމްއެލުން ވަނީ އެގަޑިތަކުގައި ހިދުމަތް މެދުކަނޑި ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދިފައެވެ. ބޭންކް ތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ދޭތެރެއަކުން ހިދުމަތްތައް މެދުކަނޑާލުމަކީ ހުރިހ ބޭންކަކުންވެސް ކުރަމުން އަންނަ ކަމެކެވެ.

ކޮމެންޓް
ޒުޔާރި ދުމަހުއަ
ސަމާލޯ..ސަމާލޯ..ފެންކެނޑިފަ އަންނައިރު ޕްރެސަރު ދައްވާނެ. ދަންވަރު އެޕްގެ ސްކްރީން ސޮޓެއް ނަގާތި.
03 Apr 2025
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.