ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން
ހަބަރު
03 Apr 2025 | 18:15
ތާރީޚީ ދުވަހެއް: ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް

މާލެ-ވިލިމާލެ ގުޅުވާލާ ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް މިއަދު ބަހައްޓާ ތާރީޚުން ޖާގައެއް ހޯދަައިފި އެވެ.

އެކަން ފާހަގަކޮށް އިންޑިއާ ހައިކޮމިޝަނުން މިއަދު ވަނީ އެކްސް ގައި އެ ވާހަކަ ހިއްސާކޮށްފަ އެވެ. އިންޑިއާ ހައިކޮމިޝަނުން ބުނީ މިއީ އިންޖިނިއަރިންގެ ދާއިރާ އިން ހޯދުނު ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ކަން ފާހަގަ ކޮށްފައިވެ އެވެ.

އެކަން މިނިސްޓަރު މުއްތަލިބު ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ މި ބޮޑު ކާމިޔާބާ އެކު ބްރިޖްގެ މަސައްކަތް ތާވަލަށް ބަރާބަރަށް ނިންމާލެވުމަކީ ވަރަށް ބޮޑު އުންމީދެކެވެ.

އަދި އިންޑިއާ ސަފީރާއި ކަމާބެހޭ ބޭފުޅުން, ބްރިޖު މަސައްކަތް ހަލުވި ކުރެއްވުމަށް ދެއްވާ އިސްކަން ފާހަގަ ކުރެއްވި އެވެ.

ތިލަމާލެ ބްރިޖުގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް &nbsp;-- ފޮޓޯ: އިންޑިއާ ހައިކޮމިޝަން<br>

އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގަައި މި ޕްރީކާސްޓްގެ އުސްމިނަކީ 8.2 މީޓަރު އަދި ފުޅާމިނަކީ 25.3 މީޓަރެވެ. އަދި މިއީ 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުރި ޕްރީކާސްޓެކެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެ ކަމަށް އެފްކޮންސް އިން ބުނެއެވެ.

ކުރީ ސަރުކާރުން ފެށި މަޝްރޫއު, ކުރީން ކަނޑައެޅި އެއްވެސް ތާރީޚަކަށް ނިންމާލެވޭ ގޮތެއް ނުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.