އުމްރާވެރީން އެއާޕޯޓްގައި --
ހަބަރު
03 Apr 2025 | 20:18
އުމްރާވެރީން އަންނަން ފެށުން: ވީއައިއޭއަށް ބާރުބޮޑުވާނެތީ ފުރާ މީހުން ކުރީން ދިއުމަށް އެދިއްޖެ

މާދަމާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑު ދުވަހަކަށް ވާނެތީ ފުރާ މީހުން ވީހާވެސް ކުރީން އެއާޕޯތަށް ދިއުމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފި އެވެ.

ރާއްޖެއިން މި އަހަރު އުމްރާގެ އަޅުކަމަށް ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު މާދަމާ ރާއްޖެ އަންނާނެ އެވެ. އެމްއޭސީއެލުން ބުނި ގޮތުގައި މާދަމާގެ ދެ ވަގުތެއްގައި ގިނަ އަދަދެއްގެ އުމްރާވެރީން ރާއްޖެ އަންނާނެ އެވެ. އެއީ މެންދުރު ފަހު 2:00 ގައި އަދި ހަވީރު 4:00 ގަ އެވެ.

އެ ވަގުތުތަކުގައި އެއާޕޯޓަށް ވަރަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މާދަމާ ފުރާ މީހުން ވަގުތުގެ ކުރީން އެއާޕޯޓަށް ގޮސް ފުރުމުގެ ކަންކަން ނިންމުމަށް ވަނީ އެދިފަ އެވެ.

އުމްރާގެ އަޅުކަމަށްދާ މީހުންނަށް އެއާޕޯޓުން މަރުހަބާ ކިޔުމަކީ ދިވެހީންގެ އާދަ އެކެވެ. އެހެން ކަމުން ވަރަށް ގިނަ ބަޔަކު އެއާޕޯޓަށް ދާނެ އެވެ. ޚާއްސަކޮށް ދުވަސްވީ އާއިލީ މެންބަރުން އުމްރާ ނުވަތަ ހައްޖުގެ އަޅުކަމަށް ދާނަމަ އެ މީހުން ފުުރުވަން އަދި އެ މީހުން ރާއްޖެ އައުމުން އިސްތިޤުބާލަށް މުޅި އާއިލާ އެކުގައި އެއާޕޯޓަށް ދެ އެވެ. 

ފުލުހުން ވެސް ވަނީ ކުރިއަށް އޮތް ދެ ދުވަހު އެއާޕޯޓަށް ބާރުބޮޑުވާނެތީ އެއާޕޯޓަށް ދަތުރުކުރާ ވެހިކަލްތަކުން ފުލުހުންގެ އިރުޝާދަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް