މުއިވެޔޮ ފަސްއަނގޮޅި ކަންމަތިން އިންތިޒާމުކުރި ޤުރުއާން މުބާރާތް އިނާމު ދިނުމުގެ ރަސްމިއްޔާތު: އެ ސަރަހައްދުން ފެންނަނީ ނަމޫނާ އެއްބައިވަންތަކަމެއް
ރިޕޯޓް
04 Apr 2025 | 15:09
މުއިވެޔޮ ފަސްއަނގޮޅި ކަންމަތި: އެކުވެރިކަމުގައި މުޅި މާލެއަށް ނަމޫނާއެއް

ދިވެހީންގެ ދިރިއުޅުމަށް މިދިޔަ ވިއްސަކަށް ތިރީހަކަށް އަހަރުތެރޭ ބޮޑެތި ބަދަލުތަަކެއް އަތުވެއްޖެ އެވެ. އެ ބަދަލުތަކާ އެކު ދިވެހީންގެ އެންމެ ފާހަގަކޮށްލެވޭ ސިފަތަކަށް ވެސް ބަދަލު އައިސްފައިވާ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. އެއް ކަމަކީ ދިވެހީންގެ މެދުގައި އޮތް އެކުވެރިކަމެވެ. އެއްބައިވަންތަ ކަމެވެ. އެ ސިފަތައް މުޅީން ގެއްލި ދިޔައީ އެކޭ ނޫނެވެ. ނަމަވެސް ކުރީން އޮތް މިންވަރަށް ނެތީ އެވެ. އެކި ސަރަހައްދުތަކާއި އަވަށްތަކުގައި, އެ ސަރަހައްދުތަކާއި އަވަށްތަކުގައި މީހުންގެ މެދުގައި އޮތް ގުޅުންތައް އެކި ސަބަބުތަކާ ހެދި ވަނީ ހީނަރުވެފަ އެވެ. ޚާއްސަކޮށް މާލޭގަ އެވެ.

ދިވެހީންގެ ބޮޑު އާބާދީއެއް އޮތީ ވެރިރަށް މާލޭގަ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ މީހުން މާލޭގައި އެބަ އުޅެ އެވެ. މާލޭގައި އެފަދަ ގުޅުންތައް ހީނަރުވުމުގެ އެއް ސަބަބަކަށް އެކަން ވެދާނެ އެވެ. ކުރީއްސުރެ އެކުގައި އުޅުނު މީހުން އެކި ތަންތަނަށް ދިރިއުޅުން ބަދަލު ކުރަން ޖެހުމާއި ކުރީން އޮތް މާހައުލު ބަދަލުވެގެން ދިއުމަކީ އެ ގުޅުންތައް ހީނަރުވީ ސަބަަބުތަކެވެ.

ނަމަވެސް އެ ބަދަހިކަމާއި އެކުވެރިކަން އަޅުގަނޑުމެންގެ މުޖްތަމައުގެ ތެރެއިން މުޅީން ނެތިގެން ނުދެއޭ ބުނަން ޖެހޭފަދަ ރީތި ނަމޫނާ އަދިވެސް މި މާލެއިން އެބަ ފެނެ އެވެ. އެފަދަ އެއް ނަމޫނާ އަކީ މުއިވެޔޮ ފަސްއަނގޮޅި ކަންމައްޗަށް ނިސްބަތްވާ މީހުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހި ކަމެކެވެ.

އެންމެ ކުރީއްސުރެ ވެސް މާލެއިން މިއީ ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. މިއީ މާލޭގެ ބޮޑެތި ޚިދުމަތްތެރީން އުފެދުނު ހިސާބެކެވެ. އާއިލާތަކުގެ މެދުގައި ވަރަށް ބޮޑު ބަދަހި ކަމެއް އަބަދުވެސް އޮވެ އެވެ. އެ އާއިލާތަކުގެ މެދުގައި އޮތީ ވަރަށް ގާތް ކަމެކެވެ.

އެ ގުޅުންތައް އެގޮތުގައި ދެމެހެއްޓުމަށް މިއަދު ނިކުމެ ތިބީ މުއިވެޔޮ ފަސްއަނގޮޅި ކަންމަތި ޒުވާނުންނެވެ. އެއީ އެ ސަރަހައްދުގެ ދޮށީ އުމުރުގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ގެނެސްދިން ކަމެކެވެ.

މުއިވެޔޮ ފަސްއަނގޮޅި ކަންމަތި ޤުރުއާން މުބާރާތް

މި މުބާރާތަކީ މުއިވެޔޮ ފަސްއަނގޮޅި ކަންމަތި ދިރިއުޅޭ އާއިލާތަކަށް ޚާއްސަ މުބާރާތެކެވެ. މިއީ ގުޅުންތައް ބަދަހި ކުރުމުގެ ވަރަށް މުހިންމު މުބާރާތަކަށް ވަނީ ވެފަ އެވެ. އެހެން ކަމުން އަހަރުން އަހަރަށް މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ޒުވާނުން ވަރަށް ޚާއްސަ އިސްކަމެއް ދެ އެވެ.

މުއިވެޔޮ ފަސްއަނގޮޅި ކަންމަތިން އިންތިޒާމުކުރި ޤުރުއާން މުބާރާތް: އެ ސަރަހައްދުން ފެންނަނީ ނަމޫނާ އެއްބައިވަންތަކަމެއް

މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަ ކޮށް ވެސް މި މުބާރާތް ވަނީ ބާއްވާފަ އެވެ. މުބާރާތުގައި އެ ސަރަހައްދުގައި ދިރިއުޅޭ ވަރަށް ގިނަ އާއިލާތަކުގެ ކުޑަކުދީން ބައިވެރިވި އެވެ. ރަށްރަށުން އައިސް އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަކީ ވެސް އެ މީހުން ދެކޭ ގޮތުގައި އެ ސަރަހައްދަށް ނިސްބަތްވާ މާލޭގެ އާއިލާތައް ފަދަ އާއިލާތަކެކެވެ. އެހެން ކަމުން އެއްވެސް ތަފާތު ކުރުމެއް ނެތި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެ އެވެ.

މުޅި މުބާރާތުގެ ހުރިހާ ކަމެއްގައި ވެވުނު މިންވަރަކުން އެ ސަރަހައްދުގެ ހުރިހާ އާއިލާތަކެއްހެން ބައިވެރިވެ އެވެ. މުބާރާތް ރާވާ ހިންގީ އެ ސަރަހައްދުގައި ވިޔަފާރި ހިންގާ "ދޫނި ފިހާރަ" އިންނެވެ. މުބާރާތުގެ ހުރިހާ ޓްރޮފީތަކާއި އެ ނޫން ވެސް މުހިންމު ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ "ކޮމްޕްލީޓް ކްރާފްޓް ސްޓޫޑިއޯ" އިންނެވެ. އެއީ ވެސް އެ ސަރަހައްދުގައި ހިންގާ ވިޔަފާރި އެކެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން އެ ސަރަހައްދުގައި ހިންގާ "ޓްރިގޮން ކެފޭ" ބަންދުކޮށް އެތަނުގެ ގޮނޑިތަކާއި އެހެނިހެން ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދިނެވެ. އިވެންޓްގެ އޯޑިއޯ އަދި ސައުންޑާއި ލައިޓިންގެ މަސައްކަތް ކޮށްދިނީ ވެސް އެ ސަރަހައްދަށް ނިސްބަތްވާ "ސްވެންކް އިވެންޓްސް" ގެ ފަރާތުންނެވެ.

މުއިވެޔޮ ފަސްއަނގޮޅި ކަންމަތިން އިންތިޒާމުކުރި ޤުރުއާން މުބާރާތް: އެ ސަރަހައްދުން ފެންނަނީ ނަމޫނާ އެއްބައިވަންތަކަމެއް

މުބާރާތަށް އިނާމުތައް ހުށައަޅައިދިނީ އާއިލާތަކުންނެވެ. ވަރަށް ގިނަ އާއިލާތަކުން ފައިސާގެ އިނާމު ހުށައެޅި އެވެ. ވެވުނު މިންވަރަކުން އެހީތެރިވެ ދިނެވެ. 

މުބާރާތުގެ އެއްވަނައަށް 10,000 ރުފިޔާ

މި އަހަރުގެ މުބާރާތުގެ އެއްވަނަ އަށް ވެސް ވަނީ 10,000 ރުފިޔާގެ ފައިސާގެ އިނާމު ދީފަ އެވެ. އަދި ކޮންމެ އުމުރުފުރައަކުން ވަނަވަނައަށް އައި ދަރިވަރުންނަށް ވެސް ވަނީ ފައިސާގެ އިނާމު ދީފަ އެވެ.

މި ހުރިހާ ފައިސާއަކީ ވެސް މުއިވެޔޮ ފަސްއަނގޮޅި ކަންމަތި އާއިލާތަކުން ހަދިޔާ ކުރި ފައިސާ އެވެ. މި އަހަރުގެ މުބާރާތުގެ އެއްވަނަ ހޯދީ މަލްކިޔާ ޢީން އަޝްރަފެވެ. އެ ދަރިވަރަށް 10.000 ރުފިޔާގެ އިތުރުން ޔޫރޯ ސްޓޯރުުން ހުށައެޅި 700 ރުފިޔާގެ ވައުޗަރާއި ޓްރޮފީއާ މެޑަލް ދީފައިވެ އެވެ.

މި އަހަރުގެ އެއްވަނަ ހޯދި ދަރިވަރަށް އަލީ ރަމީޒު އިނާމު ހަވާލުކޮށް ދެނީ --

ދެވަނަ ހޯދި އާއިޝަތު އަލްވާ އަހްމަދަށް 7,000 ރުފިޔާ އާއި ޔޫރޯ ސްޓޯރުުން ހުށައެޅި 500 ރުފިޔާގެ ވައުޗަރާއި ޓްރޮފީއާ މެޑަލް ދީފައިވެ އެވެ. ތިންވަނަ ހޯދި މުޙައްމަދު ރައްޔާން އަލީ އަށް 5,000 ރުފިޔާ އާއި ޔޫރޯ ސްޓޯރުުން ހުށައެޅި 250 ރުފިޔާގެ ވައުޗަރާއި ޓްރޮފީއާ މެޑަލް ދީފައިވެ އެވެ.

މީގެ އިތުރުން ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 12 އަހަރުން ދަށުގެ އުމުރުފުރާ އިން އެއްވަނަ, ދެވަނަ އަދި ތިންވަނަ ހޮވާ އިނާމު ދީފައިވެ އެވެ.

މުއިވެޔޮ ފަސްއަނގޮޅި ކަންމަތިން އިންތިޒާމުކުރި ޤުރުއާން މުބާރާތް: އެ ސަރަހައްދުން ފެންނަނީ ނަމޫނާ އެއްބައިވަންތަކަމެއް

މުބާރާތުގައި މި އަހަރު 36 ކުދީން ކިޔެވި އެވެ. މިއީ ކުރީ އަހަރަށް ވުރެ ގިނަ އަދަދެކެވެ. މިއިން ކޮންމެ ކުއްޖަކަށް "ކޮމްޕްލީޓް ކްރާފްޓް ސްޓޫޑިއޯ" ޚާއްސަ ޓްރޮފީއެއް ދިނެވެ. އަދި 500 ރުފިޔާގެ ގިފްޓް ވައުޗާއެއްގެ އިތުރުން އިތުރު ހަދިޔާ ދިނެވެ.

ސަރަހައްދުގެ ގިނަ ބަޔަކު ބައިވެރިވި, އުފާވެރި ވަގުތުކޮޅެއް

އިނާމު ދިނުމުގެ ހަފްލާ ގައި މުއިވެޔޮ ފަސްއަނގޮޅި ކަންމައްޗަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ ދާއިރާ އިން ފާހަގަކޮށްލެވޭ ބޭފުޅުންނާއި އިޖްތިމާއީ އަދި އެ ނޫން ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭފުޅުން ވެސް ހިމެނެ އެވެ.

އެކި އިންތިހާބުތަކުގައި އެ ސަރަހައްދުން ވާދަކުރާ އެންމެންހެން އެ ހަރަކާތުގައި ބައިވެރިވަނީ އެކުވެރި ކަމުގެ ރޫހުގަ އެވެ. އެ ސަރަހައްދުގެ އާއިލާތަކުގެ މެދުގައި އޮތް ބަދަހި ކަމުގެ ރަމްޒެއްގެ ގޮތުގަ އެވެ.

މުއިވެޔޮ ފަސްއަނގޮޅި ކަންމަތިން އިންތިޒާމުކުރި ޤުރުއާން މުބާރާތް: އެ ސަރަހައްދުން ފެންނަނީ ނަމޫނާ އެއްބައިވަންތަކަމެއް

ޤުުރުއާން މުބާރާތުގެ އިތުރުން ބޮޑެތި މީހުންނަށް ޚާއްސަކޮށް ޑާޓް މުބާރާތެއް ވެސް ވަނީ ބާއްވާފަ އެވެ. އެ މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް ވެސް ވަނީ ފައިސާގެ އިނާމާއި ޓްރޮފީ ދީފަ އެވެ.

މިފަދަ ޒަމާނެއްގައި ވެރިރަށުގެ މުއިވެޔޮ ފަސްއަނގޮޅި ކަންމަތިން މި ދައްކައިދެނީ ވަރަށް ރީތި ނަމޫނާ އެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެ ބަދަލެއް އައިނަމަވެސް އަޅުގަނޑުމެންގެ މެދުގައި އޮތް ގުޅުންތަކާއި އެކުވެރިކަން ދެމެހެއްޓޭނެ ކަމެވެ. މިއީ ވެރިރަށުން ފެނުނު ކޮންފަދަ ނަމޫނާ އެއް ހެއްޔެވެ. މުޅި ރާއްޖެއަށް ވެސް މިއީ ނަމޫނާ އެކެވެ.

ކޮމެންޓް
ވިސްނާ
ތިއެއްބައިވަންތަކަން ގެއްލިގެންދިޔައީ ބައެއްގެ ލޮލަށް ނިދިނައިސްގެން މިޤައުމަށް ގެނާ ފައްކާކަމަށްބުނާ ޔޫރަޕްގެ ޑިމޮކްރަސީގެ ސަބަބުން
04 Apr 2025
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.