"އެމްއެސްސީ މެގްނިފިކާ" ފޮޓޯ: ކްރޫޒް މެޕާ
ވިޔަފާރި
06 Apr 2025 | 19:07
އަނެއްކާވެސް ރާއްޖެއަށް ކްރޫޒް ލައިނާއެއް. މިފަހަރު އޮސްޓްރޭލިއާއިން!

އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުން ފުރައިގެން ރާއްޖެ އައި "އެމްއެސްސީ މެގްނިފިކާ" ކްރޫޒް ލައިނާއަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރަންސްދީފިއެވެ.

އިމިގްރޭޝަނުން ބުނީ އެމްއެސްސީ މެގްނިފިކާއިން ރާއްޖެއަށް ޒިޔާރަތްކުރި 2،818 ފަތުރުވެރިންނަށް ކްލިއަރެންސް ދީފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ، 1،866 ފަސިންޖަރުންނާއި 952 ކްރޫއިންނެވެ. މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުންނެވެ. 

މިއީ މިހާތަނަށް އެންމެ ދިގުދަތުރެއްކޮށްފައި ރާއްޖެއައިކަމަށް ރެކޯޑްކުރެވުނު ކްރޫޒްލައިނާއެވެ. އޮސްޓްރޭލިއާއިން "އެމްއެސްސީ މެގްނިފިކާ" ރާއްޖެ އައިސްފައިވަނީ ޕެސިފިކް ކަނޑު ހުރަސްކޮށެވެ.

ކްރޫޒްލައިނާތަކުގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. އެންމެފަހުން މިދިޔަ މާޗްމަހުގެ ތެރޭގައި ރާއްޖެއަށް ވަނީ، ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރަމުން އަންނަ ކްރޫޒްލައިނާއެއްކަމަށްވާ، "އެމްއެސް ކްރިސްޓަލް ސިންފަނީވެސް ރާއްޖެ އައިސްފައެވެ. އެއީ އެ ކްރޫޒްލައިނާ ރާއްޖެ އައި ދެވަނަ ފަހަރެވެ. މިއަހަރުގެ ތެރޭގައި 8 ކްރޫޒްލައިނާ ވަނީ ރާއްޖެ އައިސްފައެވެ. 

މިއަހަރު ރާއްޖެއަށް އެންމެގިނައިން ކްރޫޒްލައިނާއިން މީހުން އައިސްފައިވަނީ އައު އަހަރާ ދިމާކޮށެވެ. އައު އަހަރާ ދިމާކޮށް ރާއްޖެއަށް ބަނދަރުކުރި ކްރޫޒްލައިނާތަކުން 5 ހާހަށްވުރެ ގިނަ ދަތުރުވެރިންނަށް ވަނީ ކްލިއަރަންސްދީފައެވެ. ކްރޫޒްލައިނާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރަމުން އަންނަ ވަރަށް މުހިއްމު މާކެޓެއްކަމަށް ޓޫރިޒަމް ސިނާއަތުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.