ފަލަސްތީނުގެ ދިފާއުގައި މީގެ ކުރީން ރާއްޖެއިން ބޭއްވި ހިނގާލުމެއް -- ވޮއިސްގެ ފޮޓޯއެއް
ހަބަރު
09 Apr 2025 | 21:58
ޣައްޒާގެ މުޖާހިދުންނަށް ތާއީދު އޮތްކަން ހާމަކުރަން ހުކުރު ދުވަހު ސައިކަލު ބުރެއް ބާއްވަނީ

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޣައްޒާގެ މުޖާހިދުންނަށް ތާއީދު އޮތްކަން ހާމަކުރަން އަންނަ ހުކުރު ދުވަހު ސައިކަލު ބުރެއް ބާއްވަން ނިންމައިިފި އެވެ.

މި ސައިކަލު ބުރު އިންތިޒާމު ކުރަނީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރީންނާއި ގިނަ އަދަދެއްގެ ޖަމިއްޔާ ޖަމިއްޔާތައް ގުޅިގެންނެވެ. އިލްމުވެރީންނާއި ޖަމިއްޔާތަކުން އެކަން ހާމަކުރުމަށް މިރޭ ވަނީ ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފަ އެވެ.

އެ ބައްދަލްވުމުގައި ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ވިދާޅުވީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޣައްޒާގެ މުޖާހިދުންނަށް ތާއީދު އޮތްކަން ހާމަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެދިފައިވެ އެވެ.

ހުކުރު ދުވަހު ސައިކަލު ބުރު ފެށޭނީ ރަސްފަންނު ކައިރީން ހަވީރު 4:30 ގަ އެވެ. ސައިކަލު ބުރު އޮންނާނީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ. އަދި ރެލީ ނިންމާލުމުގެ ގޮތުން ޚާއްސަ ހަރަކާތެއް އޮންނާނެ އެވެ.

މި ހަރަކާތުގައި 50 ވުރެ ގިނަ އިލްމުވެރީން ބައިވެރިވާނެ އެވެ. ސައިކަލު ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.