ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއި ފޫޖީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ.. ފޮޓޯ: ބިލްޑްޓެކް
ވިޔަފާރި
12 Apr 2025 | 12:17
މަޝްހޫރު ފޫޖީ ސްޓާގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓަރަކަށް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް!

ޗައިނާގެ މަޝްހޫރު ފޫޖީ ސްޓާގެ އުފެއްދުންތަ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން ރައްޖޭގެ ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑަށް ލިބިއްޖެއެވެ.

ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑުން ވަނީ ޗައިނާގެ މަޝްހޫރު އެލެވޭޓާރ ކުންފުންޏެއް ކަމަށްވާ ސްޓާރ އެލެވޭޓާރ ގްރޫޕާއެކު މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ޝަންގްހާއި ގެ ޒޫހޮއު ސިޓީގައެވެ. ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓާރ، ނަސްރުﷲ އަބްދުލް ވާހިދް އެވެ.

މި އެއްބަސްވުމަކީ ސްޓާރ އެލެވޭޓާރ ގްރޫޕް މެދުވެރިކޮށް ފޫޖީ ސްޓާރ ބްރޭންޑް ގެ އެލެވޭޓާރ  ވިއްކުމާއި އިންސްޓާލް ކޮށްދިނުމުގެ ޙިދުމަތް ރާއްޖޭގައި ސޯލް އޯތޮރައިޒްޑް ޑިސްޓްރިބިއުޓާރ އެއްގެގޮތުގައި ފޯރުކޮށްދިނުމަށް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑްއިން ވެފައިވާ އެއްބަސްވުމެކެވެ.

ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއި ފޫޖީ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު.. ފޮޓޯ: ބިލްޑްޓެކް

ސްޓާރ އެލެވޭޓާރ ގްރޫޕަކީ ޗައިނާގެ އެންމެ ކުރިއަރާފައިވާ އެލެވާޓާރ ޑިސައިން ކުރުމާއި، އިންސްޓާލް ކޮށްދިނުމާއި، މަރާމާތުކޮށްދިނުމުގެ ޚިދުމަތަށް މަޝްހޫރުވެފައިވާ، 2005 ގައި އުފެދުނު ކުންފުންޏެކެވެ. އެ ކުންފުންޏަކީ ފެންވަރު ރަނގަޅު އުފެއްދުންތަކާއި ޙިދުމަތްތަކުގެ ސަބަބުން ދުނިޔޭގެ ޓްރާންސްޕޯރޓޭޝަން އިންޑަސްޓްރީގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. ސްޓާރ އެލެވޭޓާރ ގްރޫޕުގެ ބްރޭންޑެއް ކަމަށްވާ ފޫޖީ ސްޓާރ އަކީ ކޮލިޓީ ރަނގަޅު އެލެވޭޓާރ ޕްރޮޑަކްޝަނާއި ސޮލިއުޝަން ފޯރުކޮށްދިނުމަށް ޚާއްސަ ބްރޭންޑެކެވެ. ޕަސެންޖާރ އެލެވޭޓާރ، ރެސިޑެންޝިއަލް އެލެވޭޓާރ، ހޮސްޕިޓަލް އެލެވޭޓާރ، އެސްކަލޭޓާރ، އަދި މޫވިންގް ވާލްކްވޭސް ފަދަ އެކި އުފެއްދުންތައް ފޫޖީ ސްޓާރ އިން ފޯރު ކޮށްދެއެވެ.

ފޫޖީ ސްޓާރ ބްރޭންޑް ގެ ދެއަކުން ފެށިގެން ފަންސާސްފަސް ފަންގިފިލާގެ އެލެވޭޓާރ ގެ އިތުރުން، އެސްކަލޭޓާރ އަދި އޮޓޯވާލކްސް ވެސް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް، މި އެއްބަސްވުމާއި އެކު ލިބިގެން ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.