ވަޒީރުންގެ މަޖިލީހުގެ ބައްދަލު ވުމެއްގެ ތެރެއިން: ފޮަޓޯ/ ރައީސް އޮފީސް
ހަބަރު
13 Apr 2025 | 09:52
”ޖެނެރޭޝަނަލް ބޭން“ ކަނޑައެޅުމާމެދު ގޮތެއް ނިންމުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި!

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުމަށް، “ޖެނެރޭޝަނަލް ބޭން” ކަނޑައެޅުއްވުމާމެދު ގޮތެއް ނިންމެވުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވުމުގެ ކުރިން އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް މުޢިއްޒު ވަނީ، ދުންފަތުގެ އިސްތިޢުމާލުގެ ސަބަބުން ފުރާނަ އަށާއި ސިއްޙަތައް ނުރައްކާވާކަން ފާހަގަކުރައްވައި، ތަފާސް ހިސާބު ތަކުގެ އަލީގައި އެކަންކަން ސާބިތު ކޮށްދެއްވާފައެވެ. 

މޯލްޑިވް ހެލްތް ސްޓެޓިސްޓިކް ސާވޭ 2022 ދައްކާ ގޮތުން، ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން. ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކަށް ބަލާއިރުގައި، ބަލިތަކާއި ގުޅިގެން މަރުވާ، 84 އިންސައްތަ މީހުން މަރުވާ ސަބަބަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިން ގަޔަށް ނާރާ ބަލިތަކުން. މިއީ ވަރަށް ބޮޑު އިންސައްތައެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

މީގެ އިތުރުން 2021 ވަނަ އަހަރުގެ ތެރޭގައި ހެދުނު، ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ ސަބަބު ތަކާ ބެހޭ ސާވޭ ދައްކާ ގޮތުގައި، 15 އަހަރާއި 29 އަހަރާ ދޭތެރޭގެ 21.8 އިންސައްތަ ޒުވާނުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންކަން އެނގޭކަމަށް ރައީސް ވިދާޅުވިއެވެ. 

ހަމަ އެހެންމެ، މުޅި ދުނިޔޭގައި ހެދުނު ގްލޯބަލް ޔޫތް ޓޮބޭކޯ ސާވޭ ދައްކާގޮތުން، ސުކޫލު އުމުރު ފުރައިގެ ކުދިންގެ ތެރެއިން 45 އިންސައްތަ ކުދިންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ ކުދިންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އާބާދީއަކީ، ހަތަރު ލައްކަ އެގާރަހާސް ހަތް ސަތޭކަ ސާޅީސް އެކެއް ކަމުގައިވާއިރު، ގައިން ގަޔަށް ނާރާ ބަލިތަކުން ޖެހޭ ނިސްބަތް އާބާދީއާ ބަލާއިރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން، ޖެހޭ ކެންސަރު ބައްޔާއި، ހިތުގެ ބަލި ފަދަ ބަލިތަކުން ސަލާމަތްކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. 

އެގޮތުން ޖެނެރޭޝަނަލް ބޭން އަކީ މުހިންމު ކަމުގައި ދެކެން. އެކަމަށްޓަކައި ސާވޭ އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ހެދިއްޖެ. އަދި އެކިއެކި ޖަމިއްޔާ ތަކާއި ޑަބްލިޔުއެޗްއޯއާއި، ޔުނިސެފާއި މިހެން ގޮސް އެކި ފަރާތްތަކާ މަޝްވަރާ ކޮށްފިން. މިއަދުގެ ކެބިނެޓް ބައްދަލު ވުމުގައި މި ހުރިހާ ކަމަކާ މަޝްވަރާކޮށް، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ސިއްޙަތު ސަލާމަތްކޮށް، ދުންފަތުގެ އިސްތިޢުމާލު ކޮށްގެން ޖެހޭ ބަލިތައް ނުޖެހޭ މުޖުތަމަޢު އަކަށް މި މުޖުތަމަޢު ހެދުމަށް މަޝްވަރާކޮށް ގޮތެއް ނިންމާނަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ދުންފަތުން ދިވެހިން ސަލާމަތް ކުރުމަށް ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އާންމުންގެ ތެރޭގައި ކޮންމެވެސް ވަރަކަށް އެކަމާމެދު ހިޔާލުތަފާތުވުން އޮތް ނަމަވެސް ވަަރަށް ގިނަ ބަޔަކު ދަނީ ސަރުކާރުގެ ފިޔަވަޅުތަކަށް ތާއީދު ކުރާކަން ހާމަ ކުރަމުންނެވެ.

އެގޮތުން، ދާދިފަހުން ރައީސް މުޢިއްޒު މީސްމީޑިއާ މެދުވެރިކުރައްވައި ނެންގެވި ޕޯލްގައި، ގިނަ ބަޔަކު ވަނީ 2000 ވަނަ އަހަރުން ފެށުގެން އުފަންވި މީހުންނަށް ދުންފަތް މަނާކުރަން ތާއީދު ކޮށްފައެވެ. 

ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ވޭޕު ކުރުން ވެސް މަނާކޮށްފަ އެވެ. އެކަން ސަރުކާރުން ތަންފީޒު ކުރަން ފެށީ ވޭޕް ކުރުން ބޮޑު ފެޝަނަކަށް ވެ ދިވެހީންގެ ސިއްހަތު, އެކަމުން ވަރަށް ބޮޑު ނުރައްކަލަކަށް ހުށައެޅިފައިވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.