ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ޕީޖީގެ ދެ ވަކީލަކު ސަސްޕެންޑް
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ގެ ދެ ވަކީލެއްގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރަ ކުރުމާއި އަހުލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއްގައި އެ ދެ ވަކީލުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން އެކަން ޔަގީންކޮށް ދިން ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ނުދެ އެވެ. އަދި ވަކީލުންގެ މައުލޫމާތެއް ވެސް ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެ އޮފީހުން ވަނީ އެފަދަ ދެ މައްސަލައެއްގައި ދެ ވަކީލަކަށް ފިޔަވަޅު އަޅާފައިވާކަން ޔަގީން ކޮށްދީފަ އެވެ. ދެ ވަކީލުން ސަސްޕެންޑްކޮށް ސުކޫލީ ކޮމެޓީން މައްސަލަ ބަލަން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ފަށާފައިވާ ކަމަށެވެ.
މި މައްސަލަ ބަލާ ނިމެންދެން އެ ދެ ވަކީލުން ވެސް އެ މީހުންގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.
މިކަމާއި ގުޅޭގޮުތުން ފުލުހުންގެ މުއައްސަސާ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists