ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކު ވީއައިއޭގައި... ފޮޓޯ: ވޮއިސް
ހަބަރު
13 Apr 2025 | 17:46
މާޗްމަހުގެ ނިޔަލަށް ރާއްޖެއަށް 632،422 ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ މާރޗްމަހުގެ ނިޔަލަށް ރާއްޖެއަށް 632،422 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރެ އާއްމުކޮށްފައިވާ ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި މާޗްމަހު އެކަނިވެސް ރާއްޖެއަށް 203،468 ފަތުރުވެރިން ވަނީ ޒިޔާރަތްކޮސްފައެވެ. މިއީ މިދިޔަ އަހަރުގެ މާރޗްމަހާ އަޅާބަލާއިރު، 9,246 ފަތުރުވެރިންގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު، ޖުމްލަ ގޮތެއްގައި ދުވާލަކު 6،563 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އެއްދުވަހަކާ އެންމެގިނައިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 9،605 އެވެ. އަދި އެއްދުވަހާ އެންމެ މަދުން ޒިޔާރަތްކުރި އަދަދަކީ 5،251 އެވެ.

މިދިޔަ މަހު އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

1. ރަޝިއާ: 24،449

2. އިނގިރޭސިވިލާތް: 23،183

3. އިޓަލީވިލާތް: 19،069

4. ޖަރުމަނުވިލާތް: 17،620

5. ޗައިނާ: 15،803

6. އިންޑިއާ: 11،667

މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން، (އެމްއެމްޕީއާރުސީން) ވަނީ މިހާރު ހާއްސަ ކެމްޕެިއންތަކެއް ފަށާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާލީގްގެ ކްލަބް ލިވަޕޫލާއި، އިންޑިއަން ޕްރިމިއާލީގްގެ އެންމެ މަޝްހޫރު އެއް ކްލަބް، މުމްބާއީ އިންޑިއަންސް މެދުވެރިކޮށް ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ވަނީ ފަށާފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެއަދަދު 2.2 މިލިއަނަށް އިތުރުކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.