ލަންކާގެ ރެޒިޑެންސް ވިސާ ނެގުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެންނަނީ

07 May 2019 | 19:55

ސްރީލަންކާގައި އެހެން ގައުމުތަކުގެ ފަރާތްތަކުން ތިބުމަށް ނަގަންޖެހޭ ރެޒިޑެންސް ވިސާ ނެގުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެގައުމުގެ ސަރުކާރުން ނިންމައިފިއެެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ރެޒިޑެންސް ވިސާގައި އަލަށް ތިއްބަވަން ބޭނުންފުުޅުވާ ފަރާތްތަކުން، ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީ މެދުވެރިކޮށް އެގައުމަށް ދިއުމުގެ ކުރިން ވިސާ ނަގަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މި އުސޫލު އެގައުމުގައި މިވަގުުތު ރެޒިޑެންސް ވިސާގައި ތިއްބެވި ފަރާތްތަކުގެ މައްޗަށް ނުހިނގާނެކަމަށް މިއުވާން ފާހަގަކުރެއްވިއެވެ. އެގޮތުން ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން، ކޮޅުނބުގައި ހުރެގެން ވިސާގެ މުއްދަތު އިތުރުކުރެވޭނެއެވެ.

ރެޒިޑެންސް ވިސާގެ މި އުސޫލު ހަރުދަނާކޮށްފައިވަނީ އެގައުމުގައި މިވަގުތު އުފެދިފައިވާ ހާލަތާއި ގުޅިގެންނެވެ.

މި އުސޫލު ރާއްޖެ ފިޔަވައި އެހެނިހެން ގައުމުތަކަށްވެސް އެގައުމުން ވަނީ ކަނޑައަޅާފައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ސްރީލަންކާއަށް ފެއްޓެވި ދަތުރުފުޅުގައި މާދަމާ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވާ، މިކަމުގެ މަޝްވަރާތައް ކުރައްވާނެއެވެ.

Advertisement

ކޮމެންޓް

Advertisement