ޒަކާތު ފަންޑުން ސްކޯލަޝިޕަށް ހުޅުވާލުން: ފޮޓޯ/ ޒަކާތު ހައުސް
ހަބަރު
14 Apr 2025 | 15:03
އިސްލާމީ ދާއިރާތަކުން މީހުން ބިނާ ކުރުމަށް، ޒަކާތު ފަންޑުންދޭ 50 ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލައިފި!

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް 50 ފުރުސަތަކަށް ހުޅުވާލައިފިއެވެ.

ސްކޮލަރޝިޕަށް ހުޅުވާލައިފައިވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއް ކަމަށެވެ.

މި 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ހުޅުވާލެވުނުއިރު ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ވަނީ ހުޅުވާލެވިފައެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތެވެ.

ރާއްޖެއިން ފުރުސަތު ހުޅުވާލެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓަރސް ކޯސްތަކަކަށެވެ.

ރާއްޖޭގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

​މާސްޓަރ އޮފް އަރޓްސް އިން ޤުރުއާނިކް ސައިންސެސް – 6 ފުރުސަތު

​މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު

​އެގްޒެކެޓިޒް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު (eMIF by INCEIF)

​މާސްޓަރ އޮފް އަރޓްސް އިން ޝަރީއާ – 3 ފުރުސަތު

​މާސްޓަރ އޮފް އަރޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު

ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުންނެވެ.

އެގޮތުން، މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލެވިފައިވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ.

އަދި ޔުނިވާރސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ. މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓަރސްގެ 6 ފުރުސަތު އަދި ޕީ.އެޗް.ޑީ 9 ފުރުސަތު ހުޅުވާލެވިފައިވެއެވެ.

މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

​ބެޗެލަރސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - 2 ފުރުސަތު

​މާސްޓަރ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓަރސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – 2 ފުރުސަތު

​މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ އޮފް އިސްލާމިކް އެޑިއުކޭޝަން - 1 ފުރުސަތު

​މާސްޓަރ އޮފް ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - 1 ފުރުސަތު

​މާސްޓަރ އޮފް އިސްލާމިކް ސައިންސް - 1 ފުރުސަތު

​ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީޢާ އެންޑް ޖުޑިޝަރީ – 1 ފުރުސަތު

​ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – 1 ފުރުސަތު

​ޑޮކްޓަރ އޮފް ފިލޯސޮފީ ދަޢުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – 1 ފުރުސަތު

​ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު

​ޑޮކްޓަރ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – 2 ފުރުސަތު

​ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – 2 ފުރުސަތު

​މާސްޓަރސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު

​ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު

މީގެ އިތުރުން 13 ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުން، މިޞްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާރސިޓީ އަދި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީ، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީ، ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީއިންނެވެ.

ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި ސުޕަރ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.