މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން... ފޮޓޯ: މަޖިލިސް
ހަބަރު
14 Apr 2025 | 18:05
ވެންޓިލޭޓަރު މައްސަލާގައި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން ރެޑް ނޯޓިސް!

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ހިންގި ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އެންމެފަހުން ރެޑް ނޯޓިން ނެރުމަށް އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ވެންޓިލޭޓަރުގެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބާއި މިހާތަނަށް ކަންކަން ހިނގާދިޔަގޮތް ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ. ނާޒިމް ވިދާޅުވީ، ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ މިހާ ދިގުލައިގެންދިޔައިރު، އެ މައްސަލާގައި ހިމެނޭ މީހުންނާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުވާ އުފުލާފައި ނުވާކަމަށެވެ. ނާޒިމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލާ އާބިޓްރޭޝަނަށްގޮސް މިހާތަަށް ކުރެވުނު މަސައްކަތުން ވެންޓިލެޓަރު ގަތުމަށް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނީގެ ވެރިމީހާވެސް ހޯދިފައިނުވާކަމަށެވެ. 

ދެން އޮތްގޮތަކީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބެލުމަށް ނިންމައި އެނާ ހޯދަން ރެޑްނޯޓިސް ނެރުންކަމަށާއި، އެ ހިސާބުން އޭނާ އަތުވެދާނޭ ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރި ކުންފުނީގެ ވެރިޔާ ހޯދުމަށް ރެޑް ނޯޓިސް ނެރުމަށް ފުލުހުން ދަނީ ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު މަޝްވަރާކުރަމުންނެވެ. 

ވެންޓިލޭޓަރު މައްސަލާގައި، އާބިޓްރޭޝަނުން ވަނީ ވެންޓިލޭޓަރުގަތުމަށް ދިވެހި ސަރުކާރުން ކުރި ހަރަދާއި، އަދި މައްސަލާގައި ދިވެހި ސަރުކާރުން ކުރި ހޭދައިގެ ބަދަލުގެ ގޮތުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ މައްޗަށް 34.5 މިލިއަން ރުފިޔާ ދައްކަން އަންގާފައެވެ. ނަމަވެސް މިހާތަނަށް އާއިރު، ދުބާއީގެ އެކުންފުނިން ދިވެހި ސަރުކާރަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކޯވިޑްގެ ހާލަތު ރާއްޖެއާއި ބައްދަލުކުރުމާއި ގުޅިގެން ރާއްޖޭގެ އާބާދީއަށް ބަލައި ހާލަތަށް ބޭނުންވާ 145 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ވެންޓިލޭޓަރުތައް ހޯދުމަށް ޖުމްލަ ތިން ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވުންތައް ހެދިއިރު، ދުބާއީގެ އެ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ވެންޓިލޭޓަރުތައް ގަތުމުގެ އަގުގެ 90 އިންސައްތައަށް ވާ 30.4 މިލިއަން ރުފިޔާވެސް ދައްކާފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.