Advertisement

ސެންޓްރަލް ޖަލު ނިމެންދެން ހުޅުމާލެ ޖަލާއި ޖެހިގެން އޮތް ބިން ކަރެކްޝަނަށް ދީފި

ކަރެކްޝަންގެ އިވެންޓެއް -- ފައިލް ފޮޓޯ

ސެންޓްރަލް ޖަލު އަޅާނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްއަށް ދޭން ނިންމައިފި އެވެ.

އެކަން ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިރޭ ވަނީ ހާމަ ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ދޫކުރަން މާލެ ސިޓީ ކައުންސިލައި އެޗްޑީސީ އާއި ކަރެކްޝަނާއެކު މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށެވެ.

Advertisement

އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކުރުމާއި އެކު ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.

ކުށްކުރުން އިތުރުވެ ޖަލުތަކުގައި ބަންދުކުރާ މީހުންގެ އަދަދު އިތުރުވެ ޖަލުތައް ވަނީ ފުރިފަ އެވެ. ޖަލުތަކަށް ކުރަން ޖެހޭ ހޭދަ ވެސް އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement