ފޮޓޯ/ އޭވިއޭޓާސް މޯލްޑިވްސް ވެބްސައިޓް
17 Apr 2025 | 13:25
މަންޓާ އެއާގެ މުވައްޒަފުންގެ މުސާރައިގެ އެއްބައި ދިވެހި ރުފިޔާއިން ދެނީ!

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އެއްބައި ދިވެހި ރުފިޔާއި ން ދިނުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހަބަރުތައް ގެނެސްދޭ އެވިއޭޓާ މޯލްޑިވްސްއިން ބުނެފައިވަނީ، މި ބަދަލު ގެނެސްފައި ވަނީ ދިވެހި ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު މަދު ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެ ބަދަލު ގެނައުމަށް ނިންމި ރަސްމީ ސަބަބު އަދި މަންޓާ އެއާ އިން ހާމަކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، މިފަދަ ބަދަލު ތަކަކީ ޑޮލަރު ލިބުމަށް ދަތިވުމުގެ އިތުރުން، ބޭރު މާކެޓުުގައި ދިވެހި ރުފިޔާ ނުވަތަ ޑޮލަރުގެ އަގަށް އަންނަ ބަދަލު ތަކުގެ ސަބަބުން އަންނަ ބަދަލުތަކަކަށް ވުން އެކަށީގެންވާ ކަމަށެވެ.

އަދި އޭވިއޭޝަނުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވެސް މުވައްޒަފުންނަށް އެމެރިކާ ޑޮލަރުން މުސާރަ ދިނުމުގެ ދަތިތަށް ދިމާވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަންނަ މަހުން ފެށިގެން މުސާރަ ދިނުމަށް ނިންމައިފައިވަނީ މި އޮނިގަނޑަށް ކަމަށް މަންޓާ އެއާ ގެ މުވައްޒަފުންނަށް މިހާރު ވަނީ އަންގާފައެވެ. 

މަންޓާ އެއާގެ ޚިދުމަޓްތައް ފެށިފައި ވަނީ ފެބްރުއަރީ 2019 ގައި ރާއްޖެތެރޭ ރަށްތަކަށް ކަމަށް ވި ނަމަވެސް 2024 ގައި އިންޓަނޭޝަނަލް ދަތުރުތައް ފަށާފައިވެއެވެ. މިހާތަނަށް ބަލާއިރު ދަރަވަންދޫ އެއާޕޯޓު، ދާލު އެއާޕޯޓު، އިފުރު އެއާޕޯޓު، މަޑިވަރު އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު  އަދި ބެންގަލޫރުގެ ކެމްޕެގޮޑާ އިންޓަނޭޝަނަލް އެއާޕޯޓަށް ޚިދުމަތް ފޯރުކޮށްދެމުން ދިޔުމުގެ އިތުރުން ރާއްޖެ ތެރޭ ރަށްތަކަށް އަދި ރިސޯޓްތަކަށް ސީ ޕްލޭން ޚިދުމަތްތައް ވެސް މި އެއާލައިން އިން ދެމުންދެއެވެ. 

މަންޓާ އިން މި ބަދަލު ގެނެސްފައި މިވަނީ ޑޮލަރުގެ އާމްދަނީން ބައެއް މާރުކުރަން ލާޒިމުކޮށްފައި ވަނިކޮށެވެ. އެކަމަށް ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން ވަރަށް ދެކޮޅު ހެދި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.