ގްރީން ޕީސް ބަޖިޔާ

09 May 2019 | 13:56

ޖުވޭސްގެ ހެޔޮ އެދުންތަކާއެކު

ބޭނުންވާތަކެތި

300 ގ. ފުށް


3 / 1 ސައިސަމުސާ ލޮނު


3 މޭޒުމަތީސަމުސާ ތެޔޮ
( މަސްގަނޑަށް)


1 ދަޅު ގްރީން ޕީސް
2 ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި)


2 ހިކަނދިފަތް
1 ދަޅު ފަސްމީރުމަސް


1 ސައިސަމުސާ އަޖިނަމޮޓޯ


1 ގިތެޔޮ މިރުސް ( ހިމުންކޮށް ކޮށާފައި)


3 / 1 ސައިސަމުސާ ލޮނު


2 /1 ސައިސަމުސާ މަސްޓަރޑް ކްރީމް


2 /1 ސައިސަމުސާ މުގުރި އަސޭމިރުސް

ތައްޔާރުކުރާނެގޮތް

ފުށްގަނޑަށް ބޭނުންވާބާވަތް އެއްކޮށްގެން ފުށްގަނޑު މޮޑެލާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ މިރުސް ހިކަނދިފަތް އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވީމާ މަސްގަނޑަށް ބޭނުންވާހުރިހާ ބާޥަތްތައް އެއްކޮށް އަޅާލާފައި ހަނާވީމާ އުނދުންމަތިން ބާލާށެވެ. 

ދެން ފުށްގަނޑުން ކުދިކޮށް ގުލަގުޅަ ކަނޑާލުމްށްފަހު ކޮންމެ ރޮށްޓަކަށް މަސްކޮޅެއް ލާފައި ބަޖިޔާ ތަތްގަނޑުން ތައްޔާރުކޮށްފައި ތެލުލާށެވެ. ނުވަތަ ފިހެލާށެވެ.

ކޮމެންޓް