އަންހެން ދަރިއަށް ޖިންސީ ގޯނާކުރި އަންހެނާ
ދުނިޔެ
18 Apr 2025 | 16:24
އިސްރާައީލްގެ މިނިސްޓަރަކު އޭނާގެ އަންހެން ދަރިއަށް އެތައް އަހަރެއް ވަންދެން ޖިންސީ ގޯނާކުރިކަން ހާމަވެއްޖެ!

ފަލަސްތީނުގެ ބިމަށް ގަދަކަމުން ވަޒަންވެރިވެގެންފައިވާ އިސްރާއީލު ޖަމާޢަތުގެ ސެޓްލްމަންޓްސް އަދި ނޭޝަނަލް މިޝަންސްގެ މިނިސްޓަރު އޯރިޓް ސްޓްރޫކްއަށް އޭނާގެ އަންހެން ދަރިފުޅު ޝޮޝާނާ ސްޓްރޫކް ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ޝާއިޢުކުރި ބަޔާނެއްގައި ޝޮޝާނާ ވަނީ މި މައްސަލަ ހުށަހަޅާފައިވާ ކަން ހާމަކޮށްފައެވެ.

"ވަރަށް ދުވަހު ކެތްކުރިން. ނަފްސާނީ އެތައް އަނިޔާއެއް ތަހަންމަލްކުރިން. އަމިއްލ ނަފްސު ކުށްވެރި ކުރިން. އެކަމަކު ދެން ނުހުންނާނަން. އަހަރެންގެ މައިންބަފައިންނާއި އަހަރެންގެ ބޭބެއެއް އަހަރެންނަށް ޖިންސީ ގޯނާކުރި ކަން ހިއްސާކުރަން ބޭނުންވޭ،" އޭނާ ލިޔުނެވެ.

މީގެ އިތުރުން އޭނާގެ ތިން ކޮއްކޮއިންނަށްވެސް ޖިސްމާނީ އަނިޔާ ލިބިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރެންނަށް އިންސާފު ބޭނުންވޭ." ޝޮޝާނާ ބުނެފައިވެއެވެ. 

މިއީ ސްޓްރޫކް ޢާއިލާއަށް މިފަދަ ތުހުމަތެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. 2007 ގައި، ސްޓްރޫކްގެ ފިރިހެން ދަރި ޒްވިކީ ސްޓްރޫކް ވަނީ ފަލަސްތީނުގެ ފުރާވަރު ފިރިހެން ކުއްޖަކަށް އަނިޔާވެރިވި މައްސަލައެއްގައި ކުށްވެރިވެފައެވެ.

މި މައްސަލާގައި އޭނާއަށް 30 މަސްދުވަހުގެ ޖަލު ޙުކުމެއް ކުރެވުނެވެ. ނަމަވެސް މި ޙުކުމާ ގުޅިގެން އޯރިޓް ސްޓްރޫކް ވަނީ އޭނާގެ ދަރިފުޅު ދިފާޢުކޮށްފައެވެ

ޝޮޝާނާއަށް ޖިންސީ ގޯނާ ކުރީ ކޮން ބޭބެއެއްކަން ސާފުކޮށް ބުނެފައި ނުވާތީ، ޒްވިކީއަކީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްކަން ސާފެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.