ފެހެންދޫގައި މޫނުވިނަ އާލާކުރުމުގެ މަޝްރޫއު ފެށުން -- ފޮޓޯ: ވޮއިސް
ހަބަރު
20 Apr 2025 | 20:35
ފެހެންދޫގައި މޫދުވިނަ އާލާކުރުމުގެ މަޝްރޫއުއެއް ފަށައިފި

ބ. ފެހެންދޫގައި މޫނުވިނަ އާލާކުރުމުގެ މަޝްރޫއުއެއް މިއަދު ފަށައިފި އެވެ.

މިއީ ފްލޯޓިންގް އޭކާސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ހިންގާ މަޝްރޫއު އެކެވެ. މިއަދު ފެހެންދޫ ގައި އޮތް ރަސްމިއްޔާތެއް ގައި އެ މަޝްރޫއު ރަސްމީކޮށް ފަށާފައި ފައްޓަވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.

މި މަޝްރޫއު ފެށުމުގެ ކުރީން އަޖުމަ ބެލުމުގެ މަޝްރޫއުއެއް ވަނީ ހިންގާފަ އެވެ. ރާއްޖޭގައި އާލާކުރަން ނިންމާފައިވަނީ ކާތަކެތި ތައްޔާރުކުރުމާއި ބޭހާއި ކޮސްމެޓިކްސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މޫދު ވިނައިގެ ބާވަތެކެވެ.

ފެހެންދޫގައި މޫނުވިނަ އާލާކުރުމުގެ މަޝްރޫއު ފެށުން -- ފޮޓޯ: ވޮއިސް

އަޖުމަބެލުމުގެ މަޝްރޫއު އިން މިއީ ރާއްޖޭގައި ކާމިޔާބުކަމާއެކު އާލާކުރެވިދާނެ ބާވަތެއްކަން ވަނީ އެނގިފަ އެވެ.

މިނިސްޓްރީން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިގްތިސާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗާ ސިނާއަތަކީ ދިވެހިންނަށް އިގްތިސާދީ ނަފާލިބޭ ސިނާއަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފެށި މަޝްރޫއު އެކެވެ.

މި މަޝްރޫއުގެ ސަބަބުން މެރިކަލްޗާ ދާއިރާގައި އިތުރު މަޝްރޫއުތައް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

ފެހެންދޫގައި މޫނުވިނަ އާލާކުރުމުގެ މަޝްރޫއު ފެށުން -- ފޮޓޯ: ވޮއިސް

މީގެ ނަތީޖާއެއްގެ ގޮތުން، ރަށުގައި ތިބެގެން ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުސަތުތައް ހުޅުވި، ގައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުވެ، ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި މިއީ ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.