ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ޤާއިމްކުރި ކުޑަކުދިން ބަލަހައްޓާ ތަން... ފޮޓޯ: ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ހަބަރު
20 Apr 2025 | 22:29
އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ކުޑަކުދިން ބެލެހެއްޓުމަށް ހާއްސަ ތަނެއް!

ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އޮފީހުގައި ޗައިލްޑް-ކެއާ ސްޕޭސްއެއް ހުޅުވައިފިއެވެ.

މިކަމާ ގުޅޭގޮތުން އެ އޮފީހުން ބުނީ، އޮފީސްތަކުގައި ނުވަތަ މަސައްކަތްކުރާ ތަންތަނުގައި ކުޑަކުދިން ބަލަހައްޓާ 'ޗައިލްޑް ކެއާ ސްޕޭސް' އެއް ހުރުމަކީ މަސައްކަތްކުރާ މައިންބަފައިންނަށް، ވަކިން ޚާއްސަކޮށް އަންހެން މުވައްޒަފުންނަށް އެހީތެރިވެ، އެމީހުންގެ މަސައްކަތު މާޙައުލާއި ޢާއިލީ ދިރިއުޅުމުގެ ވަޒަން ހަމަޖެއްސުމުގައި އަދި ޖުމްލަކޮށް އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން މުވައްޒަފުންނަށް އެމީހުންގެ ދަރިން އެމީހުންގެ ކައިރީގައި، ރައްކާތެރި އަތްތަކެއްގެ ބެލުމުގެ ދަށުގައި ތިބިކަން އެނގި، އެމީހުންގެ ވިސްނުން މަސައްކަތަށް އަމާޒު ހިފެހެއްޓުމަށް ފަސޭހަވެ، ނަތީޖާއެއްގެ ގޮތުން މުވައްޒަފުންގެ އުފެއްދުންތެރިކަން ދެމެހެއްޓުމަށް އެތައް ގޮތަކުން މަގުފަހިވެގެންދާނޭކަމަށް އެ ވުޒާރާއިން ބުންޏެވެ.

އަދި މިއީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވުމާއެކު، އެމީހުންގެ އުފެއްދުންތެރިކަން ތަރައްޤީވުމުގެ އިތުރުން، މިއީ ޤަވާއިދުން މަސައްކަތަށް ނިކުތުމަށް ބާރުއަޅާ، މަސައްކަތުގެ މާޙައުލާއި މެދު ޝައުގުވެރިކަމާއި ގާތްކަން އުފައްދައިދޭ ކަމެއް ކަމަށްވެސް އެ ވުޒާރާއިްނ ފާހަގަކުރިއެވެ.

ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ޤާއިމްކުރި ކުޑަކުދިން ބަލަހައްޓާ ތަން... ފޮޓޯ: ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

" މިފަދަ ޖާގަތައް ޤާއިމްކޮށް އޮފީސް މާހައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމުތައް ފަހިވެގެން ދިއުމަކީ، ވަޒީފާ އަދާކުރުމުގެ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެ ވަޒީފާދޭ ފަރާތްތަކަށް ވެސް އެންމެ ރަނގަޅު މުވައްޒަފުން ހޯދުމާއި ދެމެހެއްޓުމަށް ބޭނުންކުރެވޭ ވަރުގަދަ ވަސީލަތެކެވެ. މި ކަންކަމުގެ ސަބަބުން ޢާއިލާއަށް ރައްޓެހި މާޙައުލެއް އޮފީހުގައި އާލާވެގެންދޭ" އިޖުތިމާއީ އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ބުނީ، ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން މިންތީގެ ހަމަހަމަކަމަށް ކުރާ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށާއި، އިދާރީ ފެންވަރެއްގައި ޖެންޑަރ މެއިންސްޓްރީމްކުރުމަށް ކުރާ މަސައްކަތް އެއްހަމަކުރުމަށް 'ހަމަހަމަކަން ކަށަވަރު' ނިޝާންގެ ބްރޮންޒް ލެވެލް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ތަޢާރަފްކުރެވިފައިވާއިރު، މިއީ 'ހަމަހަމަކަން ކަށަވަރު' ނިޝާންގެ ބްރޮންޒް ލެވެލްގެ ޕޮއިންޓު ދިނުމުގެ މެޓްރިކްސްގައި ވެސް ހިމެނޭ މުހިންމު ބައެއް ކަމަށެވެ.

އެހެންކަމުން ދައުލަތުގެ އިދާރާތަކުގައްއާއި އަމިއްލަ ކުންފުނިތަކުގައި މިފަދަ ޖާގަތަކެއް ތަރައްޤީ ކުރުމަކީ، އަންހެނުން ބާރުވެރިކުރުމާއި، މަސައްކަތުގެ މާޙައުލުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދީ މުޖުތަމަޢުގައި އެފަރާތްތަކުގެ އަގު ވަޒަންކުރުމާއެކު، ޖެންޑާ މެއިންސްޓްރީމް ކުރުމަށް އިދާރީ ފެންވަރުގައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ވުޒާރާއިްނ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.