މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އަހަރީދުވަހުގެ މުނާސަބަތުގައި ބޭއްވި ޝަރަފުގެ ހިނގާލުމުގައު ވަޒީރު ޣައްސާން އާއި ރައީސް މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
21 Apr 2025 | 09:57
ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކުރަން ރައީސް މުޢިއްޒު ކުރައްވާ މަސައްކަތަށް ޣައްސާންގެ ޝުކުރު

ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ޝުކުރު އަދާކުރައްވައިފިއެވެ. 

133 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒަށާއި، ސިފައިންގެ ލީޑާޝިޕަށާއި ސިފައިންނަށް ފޮނުއްވައި، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ޤާބިލިއްޔަތު އިތުރު ކުރައްވަން ރައީސް މުޢިއްޒު ވަރަށް ބުރަ މަސައްކަތް ކުރައްވާ ކަމަށެވެ.

އަދި އެކަމަށްޓަކައި، ދިވެހި ސިފައިންގެ ނަމުގަޔާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ނަމުގަޔާއި، ދިވެހި ރައްޔިތުންގެ އަދި ވަޒީރުގެ ނަމުގައި ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. 

މި ސަރުކާރަށް މި ވީ ދުވަސްތަކުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުންވެސް އަންނަނީ ގެންނަމުންނެވެ.

އެގޮތުން، ދާދި ފަހުން ދިވެހި ސިފައިންގެ ފައުޖުގެ ތެރެއަށް ”އެއަރ ކޯރ“ އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެންމެ ކުރީސަފުގައި އެއްހަމަކުރަމުން އަންނަ އާލާތްތައް ވަނީ އިތުރު ކުރެވިގެން ގޮސްފައެވެ. މި އާލާތްތަކާއެކު ވަށާޖެހޭގޮތައް ވަރަށް ގިނަ ކަންކަމަށް ކުރިއެރުން ލިބިގެންދާނެއެވެ.

މީގެ އިތުރުން ސިފައިންގެ އެއްގަމުގެ ބާރުވެސް ވަރުގަދަކުރުމަށް ޒަމަނީ އުޅަނދުތަކާއި ވަސީލަތްތައް ސަރުކާރުން ވަނީ ހޯދާފައެވެ. އެ އުޅަނދުތައް އެންމެފަހުން ބޭއްވި ސިފައިންގެ މަގުމަތީ ޝަރަފްގެ ހިނގާލުމުން ފެނިގެންދިޔައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.