ލ. ގަން ފޭސް 2 މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން: ފޮޓޯ/ އާރްޑީސީ
ހަބަރު
21 Apr 2025 | 11:41
ސައުތު ރީޖަންގެ ރަށްތަކުގައި މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިޔަށް

ސައުތު ރީޖަނުގައި ކުރިއަށް ގެންދާ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންގަނޑާއި، ކުރަމުންދާ މަސައްކަތްތައް އާރްޑީސީ އިން ހާމަކޮށްފިއެވެ.

ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ސައުތު ރީޖަންގެ ހަ ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމުގެ މަސައްކަތްތައް މިވަގުތު ހިންގަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

އެއީ، ތ. ތިމަރަފުށި، ލ. ގަން، ގއ. ކޮލަމާފުށި، ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ގދ. ދިއްދޫއެވެ. މިގޮތުން މިހާތަނަށް ހިއްސާކޮށްފައިވަނީ، ލ. ގަމާއި، ގއ. ކޮލަމާފުށި އަދި ގއ. ވިލިނގިލީގައި ކުރިޔައް ގެންދާ ޕްރޮޖެކްޓްތަކެވެ. 

އާރްޑީސީ އިން ހާމަކޮށްފައިވާ ގޮތުން ލ. ގަމުގައި 2022 ގެ ޑިސެމްބަރުން ފެށިގެން ހިންގަމުން ގެންދަނީ، ލ. ގަން ފޭސް 2 ސަރަހައްދީ މަގުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތާއި، އެ މަގު ކޮނުމާއި، ބެކް ފިލިންގެ މަސައްކަތްތަކެވެ. މިހާތަނަށް މި މަސައްކަތުގެ ނިމިފައިވަނީ 28 އިންސައްތައެވެ.

ގއ. ކޮލަމާފުށީގައި ކުރިޔަށްގެންދަނީ ދަންނަ އާދަމް ސައީދު މަގުގައި ދުވާރުގެ މަސައްކަތާއި، ތުއްތު ކަތީން މަގުގައި ކީވޯލްގެ މަސައްކަތެވެ. މި މަސައްކަތްތައް 2022 ގެ ޖެނުއަރީގައި ފެށިފައި ވީއިރު މިހާތަނަށް 73 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

އަދި ހަމަ މިގޮތުން ގއ. ވިލިނގިލީގައި 2022 ވަނަ އަހަރުގެ އޭޕްރިލް އިން ފެނިގެން ކުރިޔަށް ގެންދާ ކަމަށް ބުނެފައިވަނީ ކުދެކަތިބެއްޔާ މަގުގައި ދުވާރުގެ މަސައްކަތާއި، މޫސާ މަގުގައި ކޯނަރ ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ. މި މަސައްކަތުގެ 73 އިންސައްތަ ވަނީ ނިމިފައެވެ.

ސައުތު ރީޖަނުގައި ކުރިޔަށް ގެންދަމުންދާ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ވަރަށް އަވަސްބާރުމިނެއްގައި ކުރަމުންދާ ކަމަށް ވެސް އާރްޑީސީން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.