އިކޮނަމިކް މިނިސްޓަރ ސައީދު: ފޮޓޯ/ އިކޮނަމިކް މިނިސްޓްރީ
ހަބަރު
21 Apr 2025 | 14:30
ބަންކަރިންގެ ޚިދުމަތް ދަނީ ކުރިއަށް؛ އެކަމުން ފައިދާވެސް އަންނަނީ ވަމުން: ސަޢީދު

ބަންކަރިންގެ ޚިދުމަތް ނުހުއްޓޭ ކަމަށާ އެކަމުން ފައިދާވެސް ވަމުންދާ ކަމަށް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އިޤްތިޞާދީ ތަރައްގީއާ ބެހޭ ވުޒާަރާއިން މިއަދު ބޭއްވި ނޫސްވެރިންވެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި އޭގަފަހުން މި ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި އެ މަޝްރޫޢުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާ ކަމަށެވެ. 

އެކަން އެއްވެސް އިރެއްގައި ހުއްޓާލާފައެއް ނެތް. ބަންކަރިންގެ މަސައްކަތް ހުއްޓާލާފައެއް ނެތް. ތެދުފުޅެއް، ބަންކަރިންގެ ޚިދުމަތް އަޅުގަނޑުމެން ފެށީ އުތުރުގައި. އުތުރުގައި ޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްވެސް މިދަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުންޏާ އެކުގައި، މަސައްކަތް ފިޒިކަލީ ފެށުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ތައްޔާރު ވަމުން. މިނިސްޓްރީ ތެރޭގައި އެ މަސައްކަތް ކުރިއަށް އެބަދޭ. 

ވަޒީރު މުޙައްމަދު ސަޢީދު

ސަޢީދު އިތުރަށް ވިދާޅުވީ، ބަންކަރިންގ އަކީ ދުނިޔޭގެ ވަރަށް ބޮޑު ވިޔަފާރިއެއް ކަމަށެވެ. އެއީ އެތައް މިލިއަން ޑޮލަރެއްގެ މަސައްކަތަށް ވާއިރު، އޭގެ ތެރެއިން އެންމެ އިންސައްތަ އަކީވެސް 400 އެއްހާ މިލިއަން ޑޮލަރު ކަން ސަޢީދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭއިން މަސައްކަތް ކުރަނީ އެ ”ޓާގެޓަށް“ މަސައްކަތް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް، އެ މަޝްރޫޢު ފަށާއިރަށް 400 މިލިއަން ލިބޭނެ ކަމަށް މީގެ ކުރިންވެސް އަދި މިހާރުވެސް ވިދާޅު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ބަންކަރިންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާއްޖޭގެ އުތުރުގައި އޮފް ޕޯޓް ޒޯނެއް ގާއިމް ކުރެވިފައިވާ ކަމަށާ، ބަނދަރެއް ނެތި ކަނޑުގައި، ޒޯނެއް އެފަދައިން ގާއިމް ކުރެވިފައިވަނީ، އެންމެ ދުވަހެއްވެސް ބަންކަރިންގެ ޚިދުމަތް ނުދީ މަޑުޖައްސާލަން ނޭދޭތީ ކަމަށެވެ. 

އަދި ބަންކަރިންގެ ޚިދުމަތް ކުރިއަށް ގެންދަނީ އެސްޓީއޯއާ ގުޅިގެން ކަމަށްވާއިރު، އެ މަޝްރޫޢުއިން މިހާތަނަށް ފައިދާވީ މިންވަރު އެ ކުންފުނީގެ ހިސާބުތަކުން އެނގޭނެ ކަމަށް ސަޢީދު ވިދާޅުވިއެވެ. 

އުއްމީދީ ރަނގަޅު ނަތީޖާއެއް ލިބެމުން އެބަދޭ. އަދި ޓާގެޓްކުރި ގޮތަށް މަސައްކަތް ކުރިއަރައި އެބަދޭ. އެކަމުން ލިބޭ ނަފާވެރިކަންވެސް ރަނގަޅު. 

އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

މީގެ އިތުރުން ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތްތަކާ ގުޅޭ ގޮތުން، އެސްޓީއޯގެ އިތުރުން، ރާއްޖޭގެ އެ ޚިދުމަތް ފޯރުކޮށްދޭ އެހެން ކުންފުނިތަކާއެކުވެސް މަޝްވަރަާ ކުރައްވަމުންދާ ކަމަށެވެ. އެހެން ކަމުން، ޕޯޓެއް ނެތް ނަމަވެސް އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.