ރައީސް ނަޝީދު (ކ) މިނިސްޓަރު ޝަހީމް (ވ)
ހަބަރު
21 Apr 2025 | 15:23
ނަޝީދުގެ މައްޗަށް ދުއާކުރެވުނީ ޖަޒުބާތުގައި، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަނީ މާފުކޮށްފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދުއާ ކުރެވުނީ އެމަނިކުފާނު ކުރެއްވި ކަމަައި ގުޅިގެން ޖަޒުބާތުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި މީހަކު ކުރި ސުވާލަކާއި ގުޅިގެން އޭނައަށް ދެއްވި ޖަވާބުގަ އެވެ. އޭނާ އެ ސުވާލު ކުރީ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

މިނިސްޓަރު ޝަހީމް ކުރެެއްވި ޕޯސްޓްގައި ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމުގައި ހުންނަވާ އެއްވެސް ބޭފުޅަކަށް ޒާތީގޮތުން ދިމާކޮށް، އެބޭފުޅަކާއި އަނބިދަރިންގެ އަބުރާ ކަރާތަށް އުނިކަން އަންނަގޮތައް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަންކުރާ މީހުން އެކަން ހުއްޓާލަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޕޯސްޓާއި ގުޅިގެން ނަޝީދުގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށްވާ މޯލްޑިވިއަންގެ ކުރީގެ ޑީއެމްޑީ އައިޝަތު ޖެނީފާ ވަނީ "ރައީސް ނަޝީދުގެ މައްޗަށް ކުއްތާއެއް ފާކުރެއްވުން އެދި ދުއާ ކުރެއްވީ" ކާކުތޯ ސުވާލު ކޮށްފަ އެވެ.

މިނިސްޓަރު ވަނީ އެ ސުވާލަށް ޖަވާބު ދެއްވާ އެކަން ހިނގާ ދިޔަ ގޮތް ސާފުކޮށް ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ އެއީ އެމަނިކުފާނާއިމެދު ރައީސް ނަޝީދު ކުރެއްވި ކަމަކާއި ގުޅިގެން ޖަޒުބާތުގައި ވިދާޅުވެވުނު ބަހެއް ކަމަށެވެ. ނަމަވެސް 2013 ވަނަ އަހަރު އެކަމާއި ގުޅިގެން ރައީސް ނަޝީދުގެ އަރިހުން މާފަށް އެދިވަޑައިގެން އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

އަދި ދެ ބޭފުޅުންނަށް ވެސް ކުރެެއްވުނު ކަންކަމާއި ގުޅިިގެން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މާފު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް ނަޝީދަށް ވަރަށް އިހްތިރާމް ކުރަން. އެމަނިކުފާނު ވެސް އެފަދަ. ގާތްކަން ބާއްވާ," ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް
Ahmed Mohamed
ބަލަގަ، ދީނީ އިލްމުވެރިން ޖަޒުނާތުގައި ޖެހިގެން ކަންކަން ކުރައްވާއިރު، ޢާންމު މީހާގެ ޖަޒުބާތެއް ނެތީތޯ؟
21 Apr 2025
ނޯކޮމެންޓު
ދީނީ ޢިލްމުވެރިއަކު ޢާއްމު ޓީވީއެއްގައި ވިދާޅުވާން އެކަށީގެން ނުވާ ވާހަކައެއް. ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑުވެސް އެހެން ވިދާޅުވި އަޑުއެހީމު.
21 Apr 2025
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.