އިކޮނޮމިކް މިނިސްޓްރީގެ ޓީމުން މީގެކުރިން ޕޭޕަލްއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޮ: އިކޮނޮމިކް މިނިސްޓްރީ
ހަބަރު
21 Apr 2025 | 17:20
ރާއްޖެއަށް ޕޭޕަލް ޕޭ ގެނައުމުގެ މަސައްކަތް އެބަ ކުރިއަށްދޭ: ސަޢީދު

ބައިނަލްއަޤުވާމީ ޕޭމަންޓް ގޭޓްވޭ ނިޒާމުތައް ރާއްޖެ އަށް ތަޢާރަފު ކުރުމަށްޓަކައި ކުރެވޭ މަސައްކަތުން ޕޭޕަލް ޕޭ ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ކަމަށް އިކޮނިމިކް ޑިޕެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވީ ފަންނުވެރި އިޤްތިޞާދެއް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި، ނިމިދިޔަ ސަރުކާރުތަކުން އެއްވެސް އަމަލީގޮތުން ފާހަގަ ކުރެވޭ މަސައްކަތެއް ކޮށްފައި ނުވާކަމަށެވެ.

ޕޭޕަލް ތައާރަފު ކުރަމަށް ކުރިން މަސައްކަތެއް ކުރިހެނެއް ހިއެއް ނުވޭ. ޕޭލަލް އާއެކު މަޝްވަރާތައް ހިގަމުން އެބަދޭ، އެކަމުގައި އިދާރިގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ހުންނާނެ،

މިނިސްޓާރ ސަޢީދު

 މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް ކްރިއޭޓިވިޓީ އެންޑް އިނޮވޭޓިވޭޝަން ޑޭ" ކަން ފާހަގަ ކުރައްވާ އިތުރަށް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް އުފެއްދުމަަށް ކުރާ މަސައްކަތުގެ ދަށުން ރައްޔިތުންގެ މެދުގައި މަޝްހޫރު ވަމުން  އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމްއެއް ކަމަށްވާ ޓިކްޓޮކް މެދުވެރިކޮށް ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އިކޮނޮމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީމަހު ބުނެފައިވަނީ، ޕޭޕާލް ޕޭ، އެމޭޒްން ޕޭ އަދި ގޫގްލް ޕޭ ރާއްޖެއަށް ތައާރަފްކުރުމަށް ސަރުކާރުން އެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށެވެ. 

ޕޭޕަލްއަކީ އޮންލައިންކޮށް ޕޭމަންޓްގެ ޚިދުމަތްތަކާއި، ބައިނަލްއަޤްވާމީ ފައިސާ ޓްރާންސްފަރ އަދި ވިޔަފާރީގެ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. މި ކުންފުނި މަޝްހޫރުވެފައިވަނީ ރައްކާތެރި މުޢާމަލާތްތަކާއި، ހަރުދަނާ ސެކިއުރިޓީ ފިޔަވަޅުތަކާއި، އެކި އީ-ކޮމާސް ޕްލެޓްފޯމްތަކާއެކު އިންޓަގްރޭޓްވެފައިވާތީއެވެ.

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ލިބެން ފެށުމުން، އޮންލައިން ވިޔަފާރިވެރިންނަށް ފަސޭހަވެ، ބައިނަލްއަޤްވާމީ މާކެޓަށް ވާސިލުވުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.