މިނިސްޓަރު ޣައްސާން މައުމޫން، ރައީސް މުއިޢްޒުގެ އަރިހުގައި -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Apr 2025 | 22:39
އަސްކަރިއްޔާއަށް ހޯދަނީ ހޯދަން ޖެހޭ ވަސީލަތްތަކެއް: ޑިފެންސް މިނިސްޓަރު

ދިވެހި އަސްކަރިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ހޯއްދަވައި ދެއްވަނީ ހޯދަން މަޖުބޫރު ވަސީލަތްތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކަޅުތުއްކަލާ ކޮށީގައި އޮތް ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ގެންދަވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ވައިގެ ފްލީޓެއް އުފައްދަވާ ޑްރޯން ފަދަ އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ހޯއްދަވައި ދެއްވާފަ އެވެ. މީގެ އިތުރުން އެންމެ ޒަމާނީ އެއްގަމު އުޅަނދުތައް ވެސް ވަނީ ހޯއްދަވައި ދެއްވާފަ އެވެ.

އަސްކަރިއްޔާއަށް ހޯދާދީފައިވާ ބައެއް ވަސީލަތްތައް -- ފޮޓޯ: ވޮއިސް

މިނިސްޓަރު ވިދާޅުވީ އަސްކަރިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ހޯއްދަވައި ދެއްވަނީ ހޯދަން މަޖުބޫރު ވަސީލަތްތަކެއް ކަމަށެވެ. އެއީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލުގެ ދިފާއުގައި ކޮންމެހެން ހޯދަން ޖެހޭ ވަސީލަތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ވަޔާއި ކަނޑުގެ މަގުން ރާއްޖެ ބެލެހެއްޓުން ވަރުގަދަ ކުރަން ޖެހޭކަން ފާހަަގަ ކުރައްވާ ޣައްސާން ވިދާޅުވީ މިނިވަން ކަމާއި ސިޔާދަށްބުރޫ އަރާފާނެ ފަދަ އަދި ދިވެހީންގެ ތެރޭގައި އޮތް އަމާންކަމާއި ހަމަޖެހުން ގެއްލޭނެ ފަދަ އެތައް ކަމެއް މިދިޔަ އަަހަރުތެރޭ ހިނގާފައިވާ ކަމަށެވެ.

އެފަދަ ނިރުބަވެރި ކަންކަމަށް ފުރުސަތު ބަންދު ކުރުމަށް ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.