ތުޅާދޫގައި ސަރުކާރުން އެޅި ހައުސިން ޔުނިޓްތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
22 Apr 2025 | 13:26
ގިނަ އަދަދެއްގެ ރަށްތަކުގައި ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލައިފި

ސަރުކާރުގެ ސިޔާސަތުގައި ހިމެނިގެން ގިނަ އަދަދެއްގެ ރަށްތަކުގައި ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އާއްމު އިއުލާނެއްގައިވަނީ 57 ރަށެއްގައި ހައުސިން ޔުނިޓްތައް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ. އެ އިއުލާނުގައި ވާގޮތުން ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ފިނޭންސުން ބުނީ ހައުސިން ޔުނިޓްތައް އެޅުމަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގެ މަރުހަލާ ކުރިއަށްދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް އުސޫލުންކަމަށެވެ. 

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ އާބާދީބޮޑެތި ސަރަހައްދުތައް ކަމަށްވާމ ފުވައްމުލަށް، ކުޅުދުއްފުށި އަދި ތިނަދޫ ފާހަގަކޮށްލެވެއެވެ.

ހައުސިން ޔުނިޓްތައް އެޅުމަށް ހުޅުވާލި ބައެއް ރަށްތަކާއި ހައުސިން ޔުނިޓްތަކުގެ އަދަދު:

- ކުޅުދުއްފުށި ސިޓީ: 2،000 

- ކ.ތުލުސްދޫ: 550 

- ސ.ހިތަދޫ: 500 

- ފުވައްމުލއް ސިޓީ: 500

- ގދ.ތިނަދޫ: 500 

- ލ.ފޮނަދޫ: 500

- ލ.ގަން: 500

- ދ.ކުޑަހުވަދޫ: 500

- ރ.އުނގޫފާރު: 500

- ހދ.ހަނިމާދޫ: 500

- ގދ.ފިޔޯރީ: 50

- ގދ.ފަރެސްމާތޮޑާ: 50

ގދ.ހޯޑެއްދޫ: 50

- ގއ.ކޮލަމާފުށި: 50

- ގއ.ގެމަނަފުށި: 50

- ތ.ހިރިލަންދޫ: 50

- ރ.އިންނަމާދޫ: 50

- މ.ކޮޅުފުށި: 50

- ނ.މިލަދޫ: 50

- ނ.މަނަދޫ: 50

- ށ.ކޮމަންޑޫ: 50

- ހދ.ކުރިނބީ: 50

- ހއ.އުތީމް: 50

- ހއ.ކެލާ: 50

- އދ.ދިގުރަށް: 50

- ޅ.ނައިފަރު: 400

- މ.މުލި: 300

- ހދ.ނޮޅިވަރަމްފަރު: 250

- ގއ ވިލިނގިލި: 225

- ސ.ފޭދޫ: 200

- ގދ.މަޑަވެލި: 200

- ޅ.ކުރެންދޫ: 50

- ދ.މީދޫ: 200

- ފ.ނިލަންދޫ: 200

- ރ.ދުވާފަރު: 200

- ށ.މިލަންދޫ:200

- ހއ.ހޯރަފުށި: 200

- ހއ.ދިއްދޫ: 200

- މަހިބަދޫ: 150

- ށ.ފޯކައިދޫ: 150

-ރ.ރަސްމާދޫ: 50

ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓް ޖުމްލަ ގޮތެއްގައި ބޯހިޔާވަހިކަމަށް ހާއްސަކޮށްފައެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މިއީ ބޯހިޔާވަހިކަމުގެ ބަޖެޓް ކަމަށާއި، މި ބަޖެޓުން ރާއްޖޭގެ ތާރީހުގައިވެސް އެންމެ ފުޅާދާއިރާއެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭނޭ ކަމަށެވެ. ސަރުކާރުން މި އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމަށް ހާއްސަކޮށް 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢު ވަނީ ހިންގުމަށް ނިންމާފައެވެ.

ސަރުކާރުން ވަނީމިއަހަރުގެ ޖެނުއަރީމަހު ރާއްޖޭގެ 57 ރަށެއްގައި، 12،000 ހައުސިން ޔުނިޓްތައް އަޅައިދޭނެ ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާނުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.