ސްޓެލްކޯގެ އޮފީސް: ފޮޓޯ/ ވޮއިސް
ވިޔަފާރި
22 Apr 2025 | 13:51
ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް"އާ ގުޅޭ މައުލޫމާތު ދިނުމަށް ސެޝަންތަކެއް

ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް" އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. 

ސްޓެލްކޯއިން ބުނީ، މި ސްކޮލާޝިޕްތަކަށް ޝައުގޔވެރުވާ ފަރާަތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކް-އިން އިންފޮމޭޝަން ސެޝަންއެއް 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ދުވަހު ހެނދުނު 11:00 އިން 12:00 ބާއްވާ މި ސެޝަން އޮންނާނީ ސްޓެލްކޯގެ ޓްރެއިނިންގ ރޫމް (ފަސްވަނަ ފަންގިފިލާ)ގައި ކަމަށާ، މި ސެޝަންގައި މި ސްކޮލާޝިޕްތަކާއި ގުޅޭ ހުރިހާ މައުލޫމާތެއް ދެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އޮންލައިން އިންފޮމޭޝަން ސެޝަންއެއް ހަމަ އެދުވަހު، 13:00 އިން 14:00 އަށް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަންއަށް ރަޖިސްޓަރ ވުމަށް އެދި [email protected] އީމެއިލް ފޮނުވުމުން މީޓިންގ ލިންކު ހިއްސާކުރެވިގެންދާނެ ކަމަށްވެސް ބުންޏެވެ. 

'މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕް ސްކީމް'ގެ ސްކީމްގެ ދަށުން ހުޅުވާލާފައިވާ ބެޗެލާސް ޑިގްރީ ފެންވަރުގެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ:

އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާއިން އެއް ފުރުސަތު 

މެކޭނިކަލް އިންޖިނިއަރިން ދާއިރާއިން 2 ފުރުސަތު

މި ސްކޮލަޝިޕްތަކަށް 24 އަހަރުން ދަށުގެ، ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ 'އޭ ސްޓާ' އަދި އޭއެއް ހޯދާފައިވާ ދަރިވަރުންނަށް ނުވަތަ އެއާ އެއް ފެންވަރެއްގެ އައިބީ ސެޓްފިކެޓެއް އޮތް މީހުންނަށް ކުރިމަތިލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ސްކޮލަޝިޕަށް ހޮވާ ދަރިވަރުންނަށް ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ، ދެކޮޅު ޓިކެޓ، ވިސާ ފީ އަދި ފޮތްތަކަށް ދޭ އެލަވަންސްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

ސްޓެލްކޯއިން ބުނީ ކޯސް ފެށުމުގެ ކުރިން ސްޓެލްކޯގައި އިންޓާންޝިޕެއް އަދި ކޯހަށް ފަހު ވެސް ސްޓެލްކޯގައި ހިދުމަތްކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.