ހުޅުމާލެ ސެންޓަރަލް ޕާކުގެ ހިތްގައިމު މަންޒަރެއް -- ފޮޓޯ: އެޗްޑީސީ
ހަބަރު
22 Apr 2025 | 20:38
ސެންޓްރަލް ޕާކުގައި މާތައް ފޮޅިފައި، ފޮޓޯ ނަގާލަން ދާން ހިތްގައިމެއް ނޫންތަ!

ރާއްޖޭގެ އެންމެ ހިތްގައިމު ތަނަކީ ހުޅުމާލޭއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ތަނަކީ ސެންޓަރަލް ޕާކޭ ބުނުމަކީ ވެސް އެންމެ ރަނގަޅު ބުނުމަކަށް ވާނެ އެވެ.

ހުޅުމާލެ އެ ހިތްގައިމު ކަމުގައި ބޭއްވުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ސެންޓަރަލް ޕާކަކީ ކުޑަކުދީންނާއި އާއިލާތަކަށް ހިތްގައިމު މާހައުލަކަށް ހެދުމަށް އެޗްޑީސީން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.

މިއަދަކީ ދުނިޔޭގެ "އާތު ޑޭ" އެވެ. މި ދުވަހާއި ގުޅިގެން އެޗްޑީސީން ވަނީ ސެންޓަރަލް ޕާކުގެ ހިތްގައިމު ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކާ އެކު "ސެންޓަރަލް ޕާކުގައި މާތައް ފޮޅިފައި" މިހެން ކެޕްޝަން ކޮށްފައިވެ އެވެ.

ފޮޓޯތަކުން ފެންނަނީ ޕާކުގައިވާ ބައެއް ގަސްތަކުގައި މާތައް ފޮޅިިފައި ވަނިކޮށެވެ. ވަރަށް ގިނަ އަދަދަކަށް މާތައް ފަރިވެ ފޮޅިފައިވެ އެވެ. 

އަދި ޕާކުގައިވާ ހިތްގައިމު ރީތި ބައެއް ގަސްތައް ވެސް ފޮޓޯތަކުން ފެނެ އެވެ. ބައެއް ފޮޓޯތަކުގައި އާއިލާތަކުން ގޮސް އުފާކުރާ މަންޒަރު ފެނެ އެވެ.

ހަފްތާ ބަންދުގައި އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރާ އެއް ތަނަކީ ސެންޓްރަލް ޕާކެވެ. އެތަނުގެ ހިތްގައިމުކަމުން އުފާ ހާސިލުކުރާ އާއިލާތައް ވަރަށް ގިނަ އެވެ. ހާއްސަކޮށް ކުޑަކުދީންނެވެ.

ކުރިއަށް އޮތީ ހަފްތާ ބަންދެވެ. ގަސްތުގައި މާތައް ފޮޅިފައި ވަނިކޮށް ސެންޓްރަލް ޕާކަށް ޒިޔާރަތްކޮށް ހަނދާނީ ފޮޓޯއެއް ނަގާލުން ކިހިނެތް ވާނެ ހެއްޔެވެ. އާއިލާއާއެކު ގޮސް ރީތި ފޮޓޯއެއް ނަގާލަން މިއީ ރަނގަޅު ފުރުސަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.