ދާޚިލީ ވަޒީރު ޢަލީ އިޙްސާން މިއަދުގެ މަޖިލީހުގެ ޖަލްސާގައި: ފޮޓޯ/ މަޖިލިސް
ހަބަރު
23 Apr 2025 | 10:56
ސަފާރީ ކޭސްގައި ކަންކަން ވީގޮތަށް، ފުލުހުންނަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ: އިޙްސާން

ފުލުހުންގެ މުވައްސަސާއަށް މިސަރުކާރުގެ އެއްވެސް ވަޒީރަކު އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒުވެސް ނުފޫޒް ނުފޯރުވާނެ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ ފުލުހުންގެ މުވައްސަސާގައި ތަހުގީގު ކުރެވެމުންދާ މައްސަލަތަކުގެ ތެރެއިން، ސަރުކާރާއި އާރާއި ބާރު ހުރި ފަރާތްތަކުން ފުލުހުންނަށް ނުފޫޒް ނުފޯރުވާކަން ކަށަވަރު ކުރެވެނީ ކިހާ ވަރަކަށްތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހްސާން ވަނީ، މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނުވަތަ، ރައީސުލްޖުމްހޫރިއްޔާވެސް ފުލުހުންގެ މުވައްސަސާއަށް ނުފޫޒް ނުފޯރުވާނެ ކަމަށެވެ.

މީގެ ކުރީގައި ހަނދުމަފުޅު ހުންނާނެ، ބައެއް ސަފާރީ ތަކުގައި ހިނގައިދިޔަ މައްސަލަތަކުގަޔާއި އެއްޗެހި. ކަންކަންކުރިއަށް ގެންދިޔަ ގޮތް. އަޅުގަނޑަށް ޔަގީންކޮށް، ކަށަވަރުކޮށް ބަޔާންކޮށް ދަންނަވަން އެނގެނީ މިހާރު އެފަދަ ކަމެއް ނުހިނގާނެ. ފުލުހުންގެ އިދާރާއަށް، ރައީސުލްޖުމްހޫރިއްޔާ ވެސް، އަދި ޚުދު އަޅުގަނޑުވެސް އަދި ދައުލަތުގެ އެއްވެސް ފަރާތަކުން ނުހަމަ އިންފުލުއެންސެއް ނުކުރާނެ. އެކަން އަޚުގަނޑުމެން ކަށަވަރު ކުރަން. އެއްވެސް ފުލުހުން ބަލަމުންގެންދާ މައްސަލައެއްގައި އަޅުގަނޑުމެން ގައިޑެއް ނުކުރާނަން، މިޔަނި ދިމާއަކަށް ދާން، މިޔަނި މީހަކު ދޫކޮށްލަން، މިޔަނި މީހަކު ހައްޔަރު ކުރަން

ވަޒީރު ޢަލީ އިޙްސާން

2020 ވަނައަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ރޭގައި، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. 

މި ހާދިސާގައި އަންހެން މީހާ ރޭޕްކުރި ކަމަށް ތުހުމަތުވީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ފަރާތްތަކެކެވެ. އޭގެ ތެރޭގައި، ހިންނަވަރުދާއިރާގެ ކުރީގެ މެންބަރު ޖީހާންގެ ފިރިކަލުންވެސް ހިމެނެއެވެ. 

އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އޭރު އާއްމު ނުކުރާއިރު، ހައްޔަރު ކުރުމަށްފަހު، ބަންދުކުރަން ކޯޓަށް ނުގޮސް، ފުލުހުންވަނީ އެމީހުން ދޫކޮށްލާފައެވެ. އަދި ދޫކޮށްލި ސަބަބެއް ކަމުގައި ފުލުހުން އޭރު ބުނީ "އެ ދެ މީހުން ދޫކޮށްލީ ތަހުގީގަށް ބަންދު ކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން" ކަމަށެވެ. 

އެ މަައްސަލާގައި އޭރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުاللهގެ އިތުބާރު ނެތް މައްސަލައެއްވެސް މަޖިލީހަށް ހުށަހެޅުނެވެ. ނަމަވެސް އެ މައްސަލަ އެމްޑީޕީ މެންބަރުން މަޖިލީހުން ބޭރުކޮށްލީއެވެ. މައްސަލައާއި ގުޅިގެން ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ