މީގެ ކުރިން ތުރުކީއަށް އައި ބިންހެލުން: ފޮޓޯ/ ސީއެންއެން
ދުނިޔެ
23 Apr 2025 | 15:26
ތުރުކީ ވިލާތަށް ބާރުގަދަ ބިންހެލުންތަކެއް

ތުރުކީގެ އެންމެ ބޮޑު އާބާދީ އޮންނަ ސިޓީ އިސްތަންބޫލަށް ބާރު ގަދަ ބިންހެލުންތަކެއް އައިސްފިއެވެ. ތުރުކީގެ ކާރިސާ އަދި ކުއްލި ނުރައްކަލުގެ ހާލަތު މެނޭޖްކުރާ އިދާރާ (އޭއެފްއޭޑީ) އިން ބުނާ ގޮތުގައި މި ބިންހެލުން އައީ ރިކްޓަރ ސްކޭލްގައި 6.2 އެވެ.

ބިންހެލުން އައި ވަގުތު، އެތައް ބަޔަކު އިމާރާތްތަކުން ނުކުމެ މަގުމައްޗަށް އެއްވެފައިވާ މަންޒަރު ވީޑިއޯ ތަކުން ފެނިގެން ދިޔައެވެ.

ޖަރުމަނުގެ ޖިއޯސައިންސް ރިސަރޗް ސެންޓަރ (ޖީއެފްޒެޑް) އިން ބުނާ ގޮތުގައި މި ބިންހެލުމުގެ ބާރުމިނުގައި 6.02 މެގްނެޓިޔުޑް ހުއްޓެވެ. އަދި ބިންހެލުން އުފެދުނު ފުންމިނަކީ ބިމުގެ އަޑިން 10 ކިލޯމީޓަރު (6.21 މޭލު) ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ.

މި ބިންހެލުމަށްފަހުވެސް އިތުރު ބިންހެލުންތަކެއް އައި ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮަށްފައިވެއެވެ. 

އިސްތަންބޫލަކީ 16 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ، ތުރުކީގެ އެންމެ ބޮޑު އާބާދީ އޮންނަ ސިޓީއެވެ.

މި ބިންހެލުމުން މީހުންނަށް ނުވަތަ ތަންތަނަށް ލިބުނު ގެއްލުމެއްގެ މަޢުލޫމާތު މިހާތަނަށް ލިބިފައެއް ނުވެއެވެ.

6 ފެބްރުއަރީ 2023 ގައިވެސް 7.8 މެގްނެޓިޔުޑްގެ ބާރުމިނުގައި ތުރުކީއަށް ބިންހެލުމެއް އައެވެ. އަދި އޭގެ ގަޑިއިރުތަކެއް ފަހުން އިތުރު ބޮޑު ބިންހެލުމެއް އައިސް، ތުރުކީގެ ދެކުނާއި ދެކުނު އިރުމަތީގައި ހިމެނޭ 11 ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މި ދެ ބިންހެލުމުގެ ސަބަބުން އެތައް ހާސް އިމާރާތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި 53،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނުއިރު އަވަށްޓެރި ސީރިއާގެ އުތުރު ސަރަޙައްދުތަކުގައި މި ކާރިސާގެ ސަބަބުން އިތުރު 6،000 މީހުން މަރުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.