މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުން... ފޮޓޯ: މަޖިލީސް
ހަބަރު
23 Apr 2025 | 18:15
ތެރަޕިއުޓިކް ފަރުވާދޭ ތަންތަނުގެ ފެންވަރުބެލޭނެ ގޮތެއް އަދި ހަމަޖެހިފައެއްނެތް: މިނިސްޓްރީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތައް ދެމުން އަންނަ ތަންތަނުގެ ފެންވަރު ބެލޭނެ ގޮތެއް އަދި މިހާތަނަށް ހަމަޖެހިފައި ނުވާކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ވަނީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ބޭފުޅުން ހާޒިރުކޮށް، ސުވާލުކޮށްފައެވެ. އެފަރާތްތައް ކޮމިޓީއަށް ހާޒިރުކުރީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާތީ އެކަމާ ގުޅިގެން ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެންނެވެ.

މިއަދުގެ ކޮމިޓީގައި ތެރަޕިއުޓިކް ފަރުވާގެ ކަންކަމާއި މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން ތެރަޕީތަކަށް ފައިސާ ދެމުން އާއިރު، އަދި މިހާތަނަށް މިކަމަށް ވަކި އުސޫލެއް އަދި ތެރަޕީތަކުގައި ވަކި ފެންވަރެއް ހުންނަންޖެހޭނެ ފަދަ މިންގަނޑުތަކެއް އެކުލަވާލެވިފައި ނުވާކަމަށެވެ. އެހެން ނަމަވެސް ހެލްތް މިނިސްޓްރީއާއެކު މިހާރު އެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ.

ހެލެތް މިނިސްޓްރީއާއެކު މިހާރު އެ މަސައްކަތްކޮށް 5 ދާއިރާއަކުން ކޮލިޓީ ސްޓޭންޑަޑްސްތަކެއް ވަނީ އެކުލަވާލެވިފައި. ދެން އޭގެ ތަފްސީލްތަކާއި އެ ތަންފީޒުކުރާނެ ދުވަހެއް ހެލްތު މިނިސްޓްރީން އިއުލާނުކުރާނެ

ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އިނާޔަތްތައް ލިބުމުގައި އިހުމާލުވެފައިވާކަމަށް ބުނެ ހުށަހެޅި ޕެޓިޝަނުގައިވެސް ވަނީ ތެރަޕީ ފަރުވާ ހޯދަމުންދާ ކުދިންނަށް ލިބޭ ފަރުވާގެ ފެންވަރާމެދު ބެލެނިވެރިންގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. މި ކޮމިޓީގައި ވާހަކަދައްކަވަމުން އާތިފް ވަނީ ބެލެނިވެރިން ފާހަގަކޮށްފައިވާ އެ ކަންބޮޑުވުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައެވެ. 

މިއަދުގެ ކޮމިޓީގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދް ވިދާޅުވީ، 2019 ވަނަ އަހަރު ތެރަޕިއުޓިކް ފަރުވާގެ ކަންކަން ފެށިގެން އާއިރު ހިދުމަތްހޯދާ 119 ކުދިން ތިބިނަމަވެސް މިހާރު އެއަދަދު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ. މިގޮތުން މިހާރު ތެރަޕިއުޓިކް ފަރުވާ ހޯދަމުން އަންނަ ކުދިންގެ އަދަދު 1،087 އަށް އަރާފައިވާކަމަށެވެ. ހީނާ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެކަނިވެސް ފަރުވާ ހޯދަމުން އަންނަ 675 ކުއްޖަކަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ، ތެރަޕިއުޓިކް ފަރުވާއަށް ހޭދަކޮށްފައިވާކަމަށެވެ.

ރާއްޖޭގައި އޭޑީއެޗްޑީ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އަދަދު އިތުރުވަމުން އަންނައިރު، ތެރަޕިއުޓިކް ފަރުވާގެ ހިދުމަތް ހޯދުމުގައި ގޮންޖެހުންތަކެއް ހުންނަކަމަށް އެފަދަ ކުދިންގެ ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ސެންޓަރުތަކުން ދެމުން އަންނަ ތެރަޕިއުޓިކް ފަރުވާގެ ހިދުމަތްތަކަށް ބޮޑު ހޭދައެއްކުރަންޖެހުންކަމަށް ބެލެނިވެރިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.