މިރޭ އޮތް އިހްތިޖާޖުގެ ތެރެއިން -- ފޮޓޯ: ސަންގެ ފޮޓޯއެއް
ހަބަރު
23 Apr 2025 | 22:37
އިމާރާތުން ވެއްޓުނު އަންހެން މީހާއަށް އިންސާފު ހޯދައިދޭން ގޮވާލާ އިހުތިޖާޖެއް

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެން މީހާއަށް އިންސާފު ހޯދައިދޭން ގޮވާލާ މިރޭ މާލޭގައި އިހުތިޖާޖު ކޮށްފި އެވެ.

ގިނަ އަދަދެއްގެ ޒުވާނުން އެެއްވެ އިހުތިޖާޖު ކުރީ ހެންވޭރުގައި ހުންނަ ފުލުހުންގެ މަރުކަޒު ކައިރީގަ އެވެ. އެ މީހުން ތިބީ އަންހެން މީހާއަށް އިންސާފު ހޯދައިދޭން ގޮވާލާ ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ. އަދި އެ މައްސަލަ އިންސާފުވެރި ކޮށް ބަލާ ތަހުގީގު އިންސާފުވެރި ކަމާއެކު ކުރިއަށް ގެންދަން ގޮވާލާފައިވެ އެވެ.

އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކުން ފެންނަ ބައެއް ޒުވާނުން ވެސް އިސްސަފުން ފެނުނު މި އިހުތިޖާޖުގެ ބައިވެރީން ވަނީ ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.

އަދި މި ހާދިސާ ތަހުގީގު ކުުރުމުގައި ފުލުހުން އަންހެން މީހާގެ ނަން ހާމަކުރުމާއި މައުލޫމާތު ހާމަކުރުމުގައި އިންސާފުން އެއްކިބާވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މިރޭ އޮތް އިހްތިޖާޖުގެ ތެރެއިން -- ފޮޓޯ: ސަންގެ ފޮޓޯއެއް

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅޭ މުހިންމު ބައެއް މައުލޫމާތު ނޫސްވެރީންނާއި ހިއްސާކޮށް އެ ހާދިސާއާ ގުޅޭ ބައެއް މަންޒަރުތައް ރޭ ނޫސްވެރީންނަށް ވަނީ ދައްކާލާފަ އެވެ.

ނޫސްވެރީންނަށް މި މައުލޫމާތު ހިއްސާކޮށް ހާދިސާގެ ބައެއް މަންޒަރުތައް ހިއްސާކުރީ އިސްކަންދަރު ކޮށީގައި ރޭ އޮތް ބައްދަލްވުމެއްގަ އެވެ. މި ބައްދަލްވުމުގައި ފުލުހުން ފާހަގަކުރި ގޮތުގައި މި ހާދިސާގައި ހިމެނޭ އަންހެން މީހާއާ އޭނާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ފިރިހެން މީހާ ޕޮޒިޓިވްވީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށެވެ.

އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގީ އެރޭ ދަންވަރު 4:30 އާއި 5:00 އާ ދެމެދު އެވެ. ފުލުހުން ބުނާ ގޮތުގައި އަންހެން މީހާ ވައްޓާލި ކަމުގެ އެއްވެސް ހެއްކެތް ލިބިފައެއް ނުވެ އެވެ.

މި ހާދިސާގައި ފުރާޅު މައްޗަށް ވެއްޓިފައި ވަނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ފުލުހުން ވަނީ އެ އަންހެން މީހާގެ ނަން ވެސް ހާމަކޮށްފަ އެވެ. އަންހެން މީހާގެ ނަމަކީ ހައްވާ ޔުމްނާ އެވެ.

އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓިފައި އޮތްކަން ފުލުހަށް ރިޕޯޓް ކުރީ އާންމުންގެ މީހެކެވެ. އެ ރިޕޯޓް ލިބިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ގައެވެ. އެމްއެންޑީއެފްގެ ރެސްކިއު ޓީމުގެ އެހީތެރިކަމާއެކު އަންހެން މީހާ ނެގިއިރު ވެސް ހަރަކާތް ހުރި ކަމަށް ފުލުހުން ބުނެ އެވެ.

އެއީ ކާކުކަން ދެނެގަތީ ފޭސް ރެކޮގްނިޝަން މެދުވެރިކޮށެވެ. ފުލުހަށް ހާދިސާގެ ރިޕޯޓް ލިބުނުތާ 30-45 މިނެޓާ ދެމެދު އެއީ ކާކުކަން ދެނެގެންފައިވެ އެވެ.

ކޮމެންޓް
ތުއްރަވާސް
ޚުށްވެރިންނަށް އިންސާފުނހޯދައިދޭން ދިވެހިން އަބަދުވެސް މަސައްކަތް ކުރާތަން ފެންނަނީ އެބުނީ މަސްތުވެގެން ތިބެ ބަދު އަޚްލާޤީ އަމަލްވެސް ހިންގި ވާހަކަ އޭނާކުރި ކުށަށް އަދަބެއް ނޫން ދޭންވީކީ.
24 Apr 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.