އަންހެން މީހާއާއި ފިރިހެން މީހާ ސިޑިކައިރީ ހަރަކާތްތެރިވަނީ-.
ހަބަރު
24 Apr 2025 | 14:31
އަންހެން މީހާ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައިގެ ސީސީޓީވީ ފޫޓޭޖް އާއްމުންނަށް ދައްކާލައިފި!

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހެންވޭރުގެ ގެއަކުން 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓުނު ހާދިސާއާއި ގުޅޭ ސީސީޓީވީ ފޫޓޭޖް އާއްމުންނަށް ދައްކާލައިފިއެވެ. 

މި މައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ، ފޯނާއި އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއްވެސް ނުވެއްދޭ ގޮތަށް ބަންދުކޮށްގެންނެވެ.

އެ ބައްދަލުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ހާދިސާގެ ސީސީޓީވީ ފޫޓޭޖް އާއްމުންނަށްވެސް ދެއްކުމަށް ގޮވާލަމުންދަނިކޮށް، މިއަދު ވަނީ އެހެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ފޫޓޭޖް އާއްމުންނަށްވެސް ދައްކާލާފައެވެ. 

ފޫޓޭޖުން ފެންނަގޮތުން، އަންހެން މީހާއާއި ރައުދު ނަމަކަށް ކިޔާ ފިރިހެން މީހާ ބުރުޒު މަގުގައި ހުރި "ހ. ފެންޓެނޮއީ" ގެއަށް ވަނުމުގެ ކުރިން، ފިރިހެން މީހާއާއި މަގުމަތިން އެހެން މީހަކާ ދިމާވެއެވެ. ސައިކަލުގައި ދިޔަ އެ މީހާއާއި ރައުދުއާއި ދެމީހުންގެ ދެމެދުގައި ކޮންމެވެސް ވާހަކައެއް ދެކެވުނެވެ. އެއަށްފަހު އެ މީހާ ސައިކަލުގައި ދެއެވެ. 

އޭނާ ދިޔަފަހުން އަންހެން މީހާ ހުސްފަޔާ، ހުރެ ހ. ފެންޓެނޮއީ ގެއިން ނުކުމެއެވެ. ނުކުތުމުން ފިރިހެން މީހާ އޭނާގެ ފަހަތުން ދާން ފަށައެވެ. އެއާއެކު އެ އަންހެން މީހާއަނެއްކާވެސް އެ ގެއަށް ވަންނަތަން ފެނެއެވެ. އަދި އަންހެން މީހާގެ ފަހަތުން ފިރިހެން މީހާވެސް އެގެއަށް ވަދެއެވެ. އޭރު މެންދަމުން އަލިވެ ގާތްގަނޑަކަށް 4:30 ވަނީ އެވެ. އެ މީހުން ވަތް ގޭގައި ސީސިޓީވީ ކެމެރާ ހުރެ އެވެ. އެހެން ވީމަ އެ މީހުން އެގޭތެރޭގައި ހަރަކާތްތެރިވި ހުރިހާ މަންޒަރެއް ވަނީ ރެކޯޑް ކުރެވިފައެވެ.

އެ ދެ މީހުން ވަނީ އެ ގޭގެ އެކި ފްލޯތަކަށް އަރާފަ އެވެ. އަދި ބައެއް އެޕާޓްމަންޓްތަކަށް ވަންނަން މަސައްކަތް ކޮށްފައިވެ އެވެ. އެގެއަކީ އޮޓޯ ލޮކް ކުރެވޭ ސިސްޓަމެއް ގާއިމުކޮށްފައި ހުރި ގެއެއްކަމުން އެއްވެސް އެޕާޓްމަންޓަކަށް ވަދެވޭ ގޮތް ނުވީ އެވެ.

ވީޑިއޯގެ ވަކި ހިސާބަކުން އަންހެން މީހާއާއި ފިރިހެން މީހާ އެ ގޭގެ ސިޑިމަތީގައި ބަދު އަހްލާގީ އަމަލުތަކެއް ހިންގާތަން ފެނެ އެވެ. އެފަހުން، އެ އަންހެން މީހާ ލުމަށް ފިރިހެން މީހާގެ ޓީޝާޓް ދިނުމުން، އެ ލައިގެން އަންހެން މީހާ ސިޑިން މައްޗަށް އަރާއިރު ދެން ފިރިހެން މީހާ ފެންނަނީ ހުސްގަޔާ ހުންނަ ތަނެވެ. 

ހ. ފެންޓެނޮއީގޭގެ ސިޑިމަތި

އެ ދެ މީހުން އެގޭގެ 7،8،9 މި ތިން ފްލޯގައި އެތައް އިރަކު އުޅުނެވެ. އެގޮތުގައި އުޅެނިކޮށް ފިރިހެން މީހާއަށް އަންހެން މީހާ ގެއްލެއެވެ. ގެއްލިގެން އަންހެން މީހާއަށް ގޮވާ އަޑުވެސް ސީސީޓީވީ ފޫޓޭޖުން އިވެއެވެ. ފެންލައިޓަކުން ބޯ ދިއްކޮށް ބޭރު ބަލާލާތަންވެސް ފެނެއެވެ. 

އޭގެ ފަހުން ފެންނަނީ ފިރިހެން މީހާ ހުސްގަޔާހުރެ އެ ގެއިން ނުކުންނަ ތަނެވެ.  އޭރު ގަނޑިން ވީ 5:12 އެވެ. ބޭރަަށް ނުކުމެ ސައިކަލެއްގެ މަތީގައި މިނެއްޓެއް ހާއިރު އިނުމަށްފަހު ހުސްފަޔާ ދެކޮޅަށް ދެކޮޅަށް ހިންގާތަން ފެނެއެވެ. އެގޮތަށް އުޅުމަށްފަހު 5:19 ކަންހާއިރު ދުވެފައި އެގެއަށް އަނެއްކާވެސް ވަދެއެވެ. ނަމަވެސް ވަންނަތާ އިރުކޮޅެއް ނުވަނީސް ނުކުމެއެވެ. ނުކުމެ އެގޭގެ މައްޗަށް ބަލަން ހުރުމަށްފަހު އޭނާ އެތަނުން ދެއެވެ.

ހ ފެންޓެނޮއީ ގެ: ފޮޓޯ/ ވޮއިސް

މި ފޫޓޭޖްގައި މީގެ ކުރިން ނޫސްވެރިންނަށް ދެއްކި ފޫޓޭޖުން އެއްބައި ވަނީ އުނިކޮށްފައެވެ. 

އެގޮތުން، އަންހެން މީހާ ފިރިހެން މީހާގެ ޓީޝާޓް ލައިގެން އެ ގޭގެ އަށްވަނަ ފަންގިފިލާއަށް އެކަނި އަރާތަން ފެންނަ މަންޒަރާއި، އެ ފްލޯގައިވާ ދެ އެޕާޓްމަންޓްގެ ދޮރުގައި ހިފަާތަން ފެންނަ މަންޒަރާއި، ނުވަދެވުމުން އަންހެން މީހާ ނުވަވަނަ ފްލޯއަށް އަރާ މަންޒަރު މިފަހަރު ދައްކާފައެއް ނުވެއެވެ.

އަދި ގަޑީން 4:52 މިނެޓް ހަތަރުވަނަ ސިކުންތުގައި 9 ވަނަ ފަންގިފިލާގެ ސިޑީގެ މެދަކާ ހަމައިގައި ފިރިހެން މީހާ ހުއްޓާ ބާރު އަޑެއް އިވޭ މަންޒަރާއި، އޭގެ 33 ސިކުންތު ފަހުން 4:52 މިނެޓް 37 ވަނަ ސިކުންތުގައި ފިރިހެން މީހާ ހަޅޭލަވާ ރޯ އަޑުއިވޭ މަންޒަރު ފޫޓޭޖުން ވަނީ ކަނޑާލާފައެވެ. 

މި ހާދިސާގެ އެެއްވެސް މަންޒަރުން އަންހެން މީހާ ވެއްޓުނު ގޮތެއް ސާފެއް ނުވެ އެވެ. ވެއްޓުނު މަންޒަރެއް ކެމެރާއަކަށް ނާރަ އެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުން އަންހެން މީހާ ވައްޓާލި ކަމުގެ އެއްވެސް ހެއްކެތް ލިބިފައެއް ނުވެ އެވެ.

އަދި މި ހާދިސާގައި ހިމެނޭ އަންހެން މީހާއާ އޭނާއާއެކު އެ ރޭ އުޅުނު ފިރިހެން މީހާ މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެމީހުން ޕޮޒިޓިވްވީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.